ބޮލީވުޑްގެ މަޝްހޫރު ތަރި ސޮނާކްޝީ ސިންހާ އަކީ ބޮލީވުޑް ފިލްމު ދަބަންގް އިން ބޮޑު މަޝްހޫރުކަމެއް ހޯދި ތަރިއެކެވެ.
ހަމައެހެންމެ ސޮނާކްޝީއަކީ ބޮލީވުޑްގައި މީގެ އަހަރުތަކެއް ކުރިން ކާމިޔާބު ފިލްމުތަކެއް ކުޅެދިން މަޝްހޫރު ތަރި ޝަތްރުގަން ސިންހާގެ އަންހެން ދަރިފުޅުވެސްމެ އެވެ. ނަމަވެސް ސޮނާކްޝީގެ އަސްލު މަންމައަކީ ކޮބައިކަމާ މެދު އާންމުން ހިޔާލުތަފާތުވެ އެވެ.
އެގޮތުން ކުރީގެ މަޝްހޫރު އެކްޓްރެސް ރީނާ ރޯއިއާ ސޮނާކްޝީ ވައްތަރު ކަމުގެ ވާހަކަތަކަކީ އައު ވާހަކަތަކެއް ނޫނެވެ. އެދެތަރިންގެ ސޫރަ އެއްގޮތް ކަމުން ފޭނުން ބުނަނީ ސޮނާކްޝީ އަކީ ރީނާ ރޯއީގެ ދަރިއެއް ކަމަށެވެ.
އާންމުން މިފަދައިން ބުނާ ބުނުމަށް ބާރުދޭ އިތުރު ހެއްކެއްވެސް އެބައޮތެވެ. އެގޮތުން ސޮނާކްޝީގެ ބައްޕަ ޝަތްރުގަން އާއި ރީނާއާ މެދުގައި ލޯބީގެ ގުޅުމެއް އޮތްކަން ހާމަވެފައިވެ އެވެ. އަދި ޝަތްރުގަންގެ ކައިވެންޏަށް ފަހުގައިވެސް އެދެތަރިންގެ ގުޅުން އޮތް ކަން އާންމުންނަށް ހާމަވެފައިވެ އެވެ.
އެގޮތުން އެދެމީހުންގެ ލޯބީގެ ނިޝާނަކަށްވީ ސޮނާކްޝީ ކަމަށާއި، ދުނިޔޭގެ ކުރިމަތީގައި ބަދުނާމުވުމުން ސަލާމަތްވުމަށްޓަކައި ޝަތްރުގަން ސޮނާކްޝީ ގެންދިޔައީކަމަށްވެސް ހަބަރު ފެތުރިފައިވެ އެވެ. މިހުރިހާކަމަކަށް ޝަތްރުގަން އާއި އޭނާގެ އަންހެނުން ޕޫނަމް އަދި ސޮނާކްޝީވެސް އިންކާރުކޮށްފައިވެ އެވެ. އަދި ސޮނާކްޝީ ވައްތަރީ ޕޫނަމްއާ ކަމަށް ރީނާވެސް ބުނެފައިވެ އެވެ.
އެހެންނަމަވެސް ސޮނާކްޝީއާ ރީނާއާ ދެމީހުންގެ ސޫރަ އެއްގޮތްވުމަކީ އިއްތިފާގަކަށް ވާނެކަމަށް އާންމުން ގަބޫލެއް ނުކުރެ އެވެ.
މީގެ ކުރިން އުޅެނީ ބައްޕަ އޮޅިގެން. މިފަހަރު މިއޮތީ މައްމަ އޮޅިފަ.