ކާބުލް (10 ޑިސެމްބަރު) - އަފްޣާނިސްތާނުގެ އެނިކަސް ޓީވީ އަދި ރެޑިއޯގެ ނޫސްވެރިޔާ މަލާލާ މައިވޭންޑް މިއަދު ކާރުގައި ދަތުރުކުރަނިކޮށް ބަޑިޖަހައި މަރާލައިފިި އެވެ.
މިއީ އަފްޣާނިސްތާނުގައި މިހާރު ހިނގާ ގަސްތުގައި މީހުން މެރުމުގެ ސިލްސިލާގާއި މަރާލި ތިންވަނަ ނޫސްވެރިޔާ އެވެ.
އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ މައިވޭންޑް މަރާލާފައިވަނީ އަފްގާނިސްތާނުގެ އިރުމަތީ ޕްރޮވިންސެއްގައި ކާރުގައި ދަތުރުކުރަމުން ދަނިކޮށް ބަޑި ހިފައިގެން ހުރި މީހަކު ހަމަލާދީގެންނެވެ.
މި ހަމަލާގައި މައިވޭންޑްގެ ކާރު ޑްރައިވަރު ވެސް ވަނީ މަރުވެފައިވެ އެވެ.
އެ ޕްރޮވިންސް ގަވަރުނަރުގެ ސްޕޯކްސް ޕާސަން އަތާއުﷲ ހޮގްޔާނީ ވިދާޅުވި ގޮތުގައި ހަމަލާދިނުމަށްފަހު އެ މީހާ ވަނީ ފިލައިފަ އެވެ. އަދި އެއްވެސް ގުރޫޕަކުން މި ހަމަލާގެ ޒިންމާ ނަގާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންނާއި، އެކްޓިވިސްޓުން އަދި ސިޔާސީ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މިފަދަ ހަމަލާތައް ފަހަކަށް އައިސް ވަނީ އަފްޣާނިސްތާނުގައި އިތުރުވެފަ އެވެ. ހަމަލާތައް އިތުރުވުމާއި ގުޅިގެން ނޭޓޯ އަދި ޔޫރަޕިއަން ޔޫނިއަނުން ވެސް ވަނީ އެ އަމަލުތައް ކުށްވެރިކޮށް ބަޔާން ނެރެފަ އެވެ. --ބީބީސީ
އޭޝިއާ ސަރަހައްދުގައި ސައިބާ ކުށްތައް އިންތިހާއަށް އިތުރުވަނީ
މެސީގެ ރެކޯޑް ހެޓްރިކާއެކު އާޖެންޓީނާއަށް ރަނގަޅު ފެށުމެއް
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
