އިސްލާމީ ދުނިޔޭގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މުފްތީ މެންކް އަންނަ މަހު 28 ވަނަ ދުވަހުން ފެށިގެން 31 އަށް ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މެންކްގެ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މާލެއާއި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގައި ދީނީ ތަޤްރީރު ދެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ހާމަކުރެ އެވެ.
މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރު އެވެ. އޭގެކުރިން 2016 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެން އެކި މައުލޫތަކަށް ދީނީ ދަރުސް ދެއްވި އެވެ.
ދެކުނު އެފްރިކާއަށް އުފަން މުފްތީ މެންކަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ޝަހުސިއްޔަތެކެވެ.
ޕީއެންސީގެ ލީޑަޝިޕް ހޮވުމުގައި ސިއްރު ވޯޓު ނުބާއްވަން ނިންމައިފި
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟
އެމްއެސްއެސްގެ ބޯޓަކުން 17 ކޮންޓެއިނަރު ލަންކާ ކަނޑަށް ވެއްޓިއްޖެ