ބެއިޖިން (21 ސެޕްޓެމްބަރު) - ޓައިވާނާއެކު ސުލްހައިގެ މަސައްކަތްތަކަށް ތައްޔާރު ކަމަށް އަވަށްޓެރި ޗައިނާއިން ބުނެފި އެވެ.
ޗައިނާއިން މިހެން ބުނެފައި ތިވަނީ އެގައުމުން ޓައިވާނުގެ ވަޔާއި ކަނޑުގެ ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަންތެއް ހިންގާތާ ދުވަސްތަކެއް ވެފައިވަނިކޮށެވެ.
މިނިވަން އަމިއްލަ ސަރުކާރެއް އޮތް ޓައިވާނަކީ އެގައުމުގެ ބައެއް ކަމަށް ޗައިނާއިން ދައުވާ ކުރާއިރު މި ދައުވާތަކަށް ދެކޮޅު ހަދައި ޓައިވާނުން ބުނެފައިވަނީ އެގައުމުގެ މުސްތަގްބަލް ކަނޑައަޅާނީ އެގައުމުގެ ރައްޔިތުން ކަމަށެވެ.
އެމެރިކާގެ ސްޕީކާ އޮފް ހައުސް ނޭންސީ ޕެލޯސީ މިދިޔަ މަހު ކުރީކޮޅު ޓައިވާނަށް ކުރެއްވި ދަތުރުފުޅާއެކު ޗައިނާއިން ވަނީ ޓައިވާނުގެ ވައިގެ ސަރަހައްދުގައި އެގައުމުގެ އަސްކަރީ ހަރަކާތްތައް އިތުރުކޮށްފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޗައިނާ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ޓައިވާނާއެކު ސުލްހަވެރި އެއްބަސްވުމަކަށް އައުމަަށް ޗައިނާއިން މަސައްކަތް ކުރަން ތައްޔާރު ކަމަށާއި އެގައުމުގެ މިލްކިއްޔާތު ދަމަހައްޓަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ޗައިނާއިން ވަނީ "ވަން ކަންޓްރީ ޓޫ ސިސްޓަމް"ގެ ސިޔާސަތެއް އެކުލަވާލުމަށް ޓައިވާނަށް ހުށައަޅާފަ އެވެ. މިއީ މީގެ ކުރިން ހޮންގްކޮންގް ވެސް ޗައިނާގެ ބާރުގެ ދަށަށް ގެންނަން ބޭނުންކުރި ސިޔާސަތެކެވެ.
އެހެން ނަމަވެސް ޓައިވާނުގެ ސަރުކާރާއި ހުރިހާ މައި ޕާޓީތަކުން ވެސް ވަނީ މި ހުށައެޅުމަށް ދެކޮޅު ހަދައިފަ އެވެ. -- އަލް އަރަބިއްޔާ
ދިރާގާއި މިނީސޯ ގުޅިގެން "ގެސް ދަ ސްކޯ" ޕްރޮމޯޝަން ފަށައިފި
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!