މާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ހުރި ތޫނު ދަގަނޑެއް ވެއްޓި ބިދޭސީ ފިރިހެނަކަށް ސީރިއަސް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އެމީހާ އަށް ލިބުނު ސީރިއަސް އަނިޔާގެ ރިޕޯޓު ފުލުހުންނަށް ކުރީ މިއަދު މެންދުރު 11:38 ގައި ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ހެންވޭރުގައި ހަދަމުން ދިޔަ އިމާރާތަކަށް ދަގަނޑުތަކެއް އަރުވަމުން ދަނިކޮށް ކަމަށެވެ. އަދި ދަގަނޑު ވެއްޓި ހެރުނީ މަސައްކަތް ކުރަމުން ދިޔަ ބިދޭސީއެއްގެ ގަޔަށް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އެނގިފައިވާގޮތުގައި ބިދޭސީ މީހާގެ ނޭފަތް ފޫއަޅުވާލައި ގޮސް ވަރަށް ފުންކޮށް ދަގަނޑު ވަދެފައިވެ އެވެ.
މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އިމާރާތްތަކުންނާއި، އެ މަސައްކަތް ކުރާ ސަރަހައްދުތަކުން އާންމުންނަށާއި، މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް ފަރުވާކުޑަވުމުގެ ސަބަބުން އަނިޔާ ލިބޭ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ.

އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
ޓްރަމްޕްގެ އަމިއްލަ ފޯނު ނަމްބަރު ބަހާތީ އުނދަގުލަކަށް ވެއްޖެ
ހަމަލާއަކާ ގުޅިގެން ޑުބާއީ އެއާޕޯޓުން ފްލައިޓުތައް ކެންސަލުކޮށްފި
