ގދ. ތިނަދޫ ފަޅުގައި އޮއްވާ ގޭސްފުޅިއެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.
މިއީ މިހާދިސާގައި މަރުވި ދެވަނަ މީހާ އެވެ.
"ރާސްތާ" ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި މިއަދު މަރުވެފައި ވަނީ އެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން އުމުރުން 33 އަހަރުގެ މީހާ އެވެ. އެމީހާ ނިޔާވީ މިއަދު ހެނދުނު 8:45 ހާއިރު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.
ޑޮކްޓަރުން ބުނެފައި ވަނީ އެ މީހާގެ ހަށިގަނޑުގެ ބޮޑުބައެއް ފިހިފައި ވާއިރު އޭނާގެ އެތެރެހަށީގެ ގުނަވަންތައް އިންފެކްޓް ވެފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން ދެމީހަކު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް އޭގެތެރެއިން އެކަކު ނިޔާވީ މިމަހުގެ އެއްވަނަ ދުވަހު އެވެ. އެ ދުވަހު މަރުވީ އުމުރުން 41 އަހަރުގެ މީހެކެވެ.
"ރާސްތާ" ނަމަކަށް ކިޔާ މަސްދޯނީގައި ބޭނުން ކުރާ ގޭސްފުޅިއަކުން ލީކްވެ އަލިފާނުގެ ހާދިސާއެއް ހިނގީ ނޮވެމްބަރ 22 ވަނަ ދުވަހުގެ ރޭގަ އެވެ. އެހާދިސާގައި ހަތަރު މީހަކު ފިހިފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މޫނު ފިހިފައިވެ އެވެ.
ވޯލްޑް ކަޕް 2026: ހުޅުވުމުގެ ރަސްމިއްޔާތުގައި ނޯރާގެ ފެނިލުމެއް!
"ރެޑީ އޯ ނޮޓް 2"އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ފައިދާއެއް!
ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޖަލުން މިނިވަންވެއްޖެ
