ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް އިންޑިއާގެ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑެއް ކަމަށްވާ ޝުގާ ކޮސްމެޓިކްސްއަށް އިންވެސްޓުކޮށްފި އެވެ.
މިއޫ ރަންވީރު މިފަދަ ބްރޭންޑަކަށް ކުރި ފުރަތަމަ އިންވެސްޓްމަންޓެވެ.
2015 ވަނަ އަހަރު ފެށި ޝުގާ ކޮސްމެޓިކްސް ބްރޭންޑަކީ އަކީ އިންޑިއާގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު އެއް ބްރޭންޑެވެ. މޭކަޕްގެ ހުރިހާ ރޭންޖެއްހެން އެ ބްރޭންޑުގެ ދަށުން ވިއްކަ އެވެ.
ރަންވީރުގެ އިންވެސްޓްމަންޓުގެ ސަބަބުން ޝުގާގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ އެވެ.
މިކަމާ ގުޅިގެން ރަންވީރު ބުނީ އަންހެނުން ބާރުވެރިކުރުވައި އަންހެނުންގެ ކުރިއެރުމަށް އިންވެސްޓު ކުރަން އޭނާ އަބަދުވެސް ބޭނުންވާ ކަމަށެވެ.
އިންޑިއާގެ އަންހެނުންނަށް ފެންވަރު ރަނގަޅު މޭކަޕް ހެޔޮ އަގުގައި ފޯރުކޮށްދޭން ޝުގާ ކޮސްމެޓިކްސް އިން ކުރާ މަސައްކަތުގައި ބައިވެރިވީ އެ ސަބަބާ ހުރެ ކަމަށް ވެސް ރަންވީރު ބުންޏެވެ.
ވިނީތާ ބުނީ ރަންވީރަކީ ޒުވާނުންގެ މެދުގައި މަގުބޫލު މޫނެއް ކަމަށާއި ރަންވީރުގެ ބައިވެރިވުމާ އެކު ޝުގާ ބްރޭންޑު އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.
ޝުގާ ކޮސްމެޓިކްސް އަކީ ޑީ2ސީ ބްރޭންޑެއްގެ ގޮތުގައި 2015 ވަނަ އަހަރު ފެށި ވިޔަފާރިއެކެވެ. އެ ބްރޭންޑްގެ އުފެއްދުންތައް 2017 ވަނަ އަހަރުން ފެށިގެން ފިހާރަތަކުގައި ވެސް ވިއްކަ އެވެ.