ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ މަންކީ ޕޮކްސް އަށް ޓެސްޓުކުރުމަށް އައިޖީއެމްއެޗްގެ ލެބޯޓްރީ ތައްޔާރުކުރަން ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އޮފިޝަލަކު ވިދާޅުވީ މަންކީ ޕޮކްސްއަށް ޓެސްޓްކުރަން މިވަގުތު ރާވާފައި ވަނީ އައިޖީއެމްއެޗުގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ގައިންގަޔަށް އަރާ ބަލިތަކަށް ޓެސްޓު ކުރެވޭނީ އެކަމަށް އެކަށީގެންވާ ފެންވަރުގައި ހުންނަ ލެބުތަކުގައި ކަމަށެވެ.
"ޓެސްޓް ކިޓް ހޯދަން ޖެހޭ. އަދި ޓެސްޓިން ސެޓަޕް ކުރުމަށް އިތުރު ތަކެއްޗާއި ކަންކަން ބޭނުންވޭ،" އޮފިޝަލް ވިދާޅުވި އެވެ.
ހުރިހާ އިންތިޒާމްތައް ހަމަޖައްސައި މަންކީ ޕޮކްސްއަށް ޓެސްޓްކުރަން ފެށޭނެ ވަކި ދުވަހެއް އަދި ނޭނގޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މަންކީ ޕޮކްސް އަކީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ފުށުން ފެތުރުނު ބައްޔެކެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހު ޑަބްލިއުއެޗްއޯ އިން ވަނީ އެ ބައްޔާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. މަންކީޕޮކްސްއަށް ޓެސްޓުކުރުމަށް ޑަބްލިއުއެޗްއޯއިން ވަނީ 250 ޓެސްޓު ކިޓް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.
މިހާތަނަށް ރާއްޖެއިން މި ބަލި ފެނިފައެއް ނުވެ އެވެ.
ކަންގަނާގެ ބަހުގެ ހަމަލާތަކެއް އަނެއްކާ ވެސް ރިތިކްއަށް!
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވަނީ
އެމްއެސްއެސްގެ ބޯޓަކުން 17 ކޮންޓެއިނަރު ލަންކާ ކަނޑަށް ވެއްޓިއްޖެ
