ބޮލުގައި ހަންފޮޅުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލަ އެކެވެ. މިކަމުގެ ސަބަބުން ބޯ ހިރުވުމަކީ އަދި މާ ބޮޑު އުނދަގުލެކެވެ. ބޯ ހިރުވުމުން އުނދަގޫވާނަމަ މިތަކެތި ބޭނުންކޮށްލާށެވެ. އޭރުން ހައްލު ލިބޭނެ އެވެ.
ލުނބޯ ޖޫސް
ލުނބޯޔަކީ ބޯ ހިރުވާ މީހުން ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. ލުނބޯ ބޭނުންކުރުމުން އިސްތަށިގަނޑުގައި އުފެދިފައިި ހުންނަ ޖަރާސީމުތައް ނައްތާލަ އެވެ. ލުނބޯ ހުތް ބޮލުގައި އުނގުޅުމަށްފަހު މަސާޖް ކޮށްލާށެވެ. އެގޮތަށް ފަސް މިނެޓް މަޑުކޮށްލުމަށްފަހު ބޯ ދޮވެލާށެެވެ. ހަފްތާއެއް ވަންދެން ކޮންމެ ދުވަހަކު މިގޮތަށް ކަންތައް ކުރާށެވެ. ބޯ ހިރުވުމަށް ހައްލެއް ލިބޭނެއެވެ.
ދޮންކެޔޮ
ދޮންކޭލުގައި ގިނަ އަދަދެއްގެ އެންޓިއޮކްސިޑެންޓާއި ވިޓަމިން ސީ އެކުލެވޭއިރު ދޮންކޭލަކީ އިސްތަށިގަނޑު ވަރަށް ރަނގަޅު އެއްޗެކެވެ. ދޮންކޭލުން އިސްތަށިގަނޑު ހިރުވުމަށް ހައްލު ލިބެ އެވެ. ދެ ދޮންކެޔޮވަކާއި އެވަކާޑޯއެއް ޗަސްކުރުމަށްފަހު ބޮލުގައި އުނގުޅާށެވެ. 30 މިނެޓް ވަންދެން މަޑުކޮށްލުމަށްފަހު ބޯ ދޮވެލާށެވެ. ކޮންމެ ދުވަހަކުވެސް މި ގޮތަށް ކަންތައް ކުރާށެވެ.
ފިޔާ ޖޫސް
ބޮލުގައި ހަންފޮޅޭނަމަ ފިޔާ ޖޫސް ބޭނުންކޮށްލާށެވެ. އޭރުން ބޯ ހިރުވުމުން ދުރުކޮށްދޭނެ އެވެ. ފިޔާ ޗަސްކޮށްލުމަށްފަހު އޭގެން ނުކުންނަ ދިޔަކޮޅު ބޮލުގައި އުނގުޅާލާށެވެ. 30 މިނެޓް ވަންދެން މަޑުކޮށްލުމަށްފަހު ޝޭމްޕޫ ލައިގެން ބޯ ދޮވެލާށެވެ.