ކޮވިޑް-19 އަށް ވެކްސިން ޖަހަން ތައްޔާރުވުމުގެ ގޮތުން ރަށްރަށުގައި ތިބި 50 އަހަރުން މަތީގެ މީހުންނާއި ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ނަން ނޯޓުކުރަން ސިއްހީ އިދާރާތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފި އެވެ.
އަތޮޅު ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް އެޗްޕީއޭ އިން އަންގާފައި ވަނީ ރަށްރަށުގެ ރަޖިސްޓްރީގައިވާ މީހުންނާއި ރަށުން ބޭރުން އެ ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންގެ ތެރެއިން 50 އަހަރުން މަތީގެ މީހުންނާއި ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާކޮށްފައިވާ އަދި ފަރުވާ ހޯދާ މީހުން އަންނަ އާދީއްތަ ދުވަހުގެ ކުރިން ނަން ނޯޓުކުރަން ޖެހޭ ކަމަށެވެ.
އެޗްޕީއޭ އިން ރަށްރަށަށް ފޮނުވި މެމޯގައި އެއީ ކޮވިޑް ވެކްސިން ޖެހުމަށް ކަމަށް ސީދާ ބުނެފައެއް ނުވެ އެވެ. ނަމަވެސް ކޮވިޑް ވެކްސިން ރާއްޖޭގައި ޖަހަން ފެށުމަށް ވާން ޖެހޭ ތައްޔާރީތައްވަމުން އަންނަ ކަމަށް އެޗްޕީއޭއިން މިދިޔަ ހަފުތާގައި ބުނެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން އެޗްޕީއޭގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
ކޮވިޑް ވެކްސިން ރާއްޖޭގައި ޖަހަން ފަށާނެ ދުވަހެއް އަދި އެކަން ކުރިޔަށް ގެންދަން ރާވާފައިވާ ގޮތުގެ ތަފުސީލެއް އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން ވިދާޅުވެފައި ވަނީ ކުރިޔަށް އޮތް ހަތަރު ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާނެ ކަމަށެވެ.
50 އަހަރުން މަތީމީހުންގެ ނަންނޯޓް ނުކުރަންޏާ ޢުމުރެއްވެސް ނޭގޭނެ.ވެންޓި ލޭޓަރަށް ވީގޮތް ވެކްސިނަށް ނުވެއްޖިއްޔާ ރަގަޅުވާނެއެވެ.
ކޮންތާކު ނަންނޯޓް ކުރަންވީ