ބަތަލާ އަނުޝްކާ ޝަރުމާ ތިން އަހަރަށް ފަހު އެކްޓިވް އަށް އެނބުރި އަންނަ ފިލްމަށް ކްރިކެޓް ޓްރޭނިން ހަދަން ތައްޔާރުވެއްޖެ އެވެ.
އަނުޝްކާގެ ކުރިއަށް އޮތް ފިލްމަކީ އިންޑިއާގެ އަންހެން ކްރިކެޓް ތަރި ޖޫލާން ގޮސްވާމީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
ނެޓްފްލިކްސް އިން ގެނެސްދޭން ނިންމާފައިވާ ފިލްމުގެ ނަމަކީ "ޗަކްދާ އެކްސްޕްރެސް" އެވެ. އިންޑިއާގެ ކްރިކެޓް ތަރި ވިރާތު ކޯލީގެ އަންހެނުން މިހާރު އަންނަނީ ކްރިކެޓް ޓްރޭނިން ހެދުމަށް ތައްޔާރުވަމުންނެވެ.
މި ފިލްމުގެ ގޮންޖެހުން ބޮޑު ކްރިކެޓް މަންޒަރުތައް ޝޫޓު ކުރަން ފެށުމުގެ ކުރިން އަނުޝްކާ ބޭނުންވަނީ ފުރިހަމައަށް ތައްޔާރުވާށެވެ. އަދި މި ފިލްމުގެ ތައްޔާރީތަކަށް ޔަގީނުން ވެސް އޭނާގެ ފިރިމީހާ ވިރާތުގެ އެހީތެރިކަން ވެސް ހޯދާނެ އެވެ
އަނުޝްކާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް އިން ޕްރޮޑިއުސްކުރާ "ޗަކްދާ އެކްސްޕްރެސް" ޑައިރެކްޓްކުރާނީ އޭނާ ކުޅެ، އެ ސްޓޫޑިއޯ އިން 2018 ގައި ގެނެސްދިން ބިރުވެރި ފިލްމު "ޕަރީ" ގެ ޑައިރެކްޓަރު ޕްރޮސިތު ރޯއި އެވެ.
މި ފިލްމުގެ ޝޫޓިންތައް ފެށިގެން ކުރިއަށްދާއިރު ގިނަ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އާއި އިނގިރޭސިވިލާތުގަ އެވެ.
މިދިޔަ އަހަރު ދަރިޔަކު ވެސް ލިބުނު ފަހުން އަނުޝްކާ އެނބުރި އެކްޓިން އަށް އަންނަ ފިލްމާ ބެހޭ ގޮތުން ބުނީ "ޗަކްދާ އެކްސްޕްރެސް" އަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ ފިލްމެއް ކަމަށެވެ.
ފިލްމެއްގައި އަލަށް ކްރިކެޓް ކުޅުންތެރިއެއްގެ ރޯލު ކުޅޭ އިރު މިއީ އަނުޝްކާގެ ފުރަތަމަ ބައޮޕިކް ވެސް މެ އެވެ.