އިރުފުށި ރިސޯޓު ހިންގުމަށް ހިލްޓަންއާއެކު ހެދި އެއްބަސްވުން ސަން ޓްރެވަލްއިން ބާތިލުކުރުމާ ގުޅިގެން ދައްކަން ޖެހޭ ޖެހޭ 24 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލާގައި ދ. މީދޫ ދާއިރާގެ މެންބަރު އަދި ސަން ކުންފުނީގެ އިސްވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.
ސަން ސިޔާމްގެ ފަރާތުން އިސްތިއުނާފު ކުރި މި މައްސަލައިގައި، ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭނެ ތަނެއް ނެތް ކަމަށް ހައިކޯޓުން ކަނޑައެޅީ މިއަދު އެވެ.
ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދުރީސް، ސަން ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމަށް ހައިކޯޓުން ތާއީދު ކުރީ އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. ހައިކޯޓުގެ އިސްފަނޑިޔާރު ހާތިފް ހިލްމީ، އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ނިންމެވީ ސަން ސިޔާމްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ސިވިލް ކޯޓުން ނެރުނު އަމުރު ބާތިލު ކުރަން ޖެހޭނެ ތަނެއް ނެތް ކަމަށެވެ. މި މައްސަލައިގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސެއިން ޝަހީދު އެވެ.
އިރުފުށި ރިސޯޓު ހިންގުމަށް ހިލްޓަންއާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްއިން ބާތިލުކުރީ މީގެ އަހަރުތަކެއް ކުރިން 2013 ވަނަ އަހަރުގަ އެވެ.
އެއްބަސްވުން ބާތިލުކުރި މައްސަލަ ހިލްޓަން ކުންފުނިން ބައިނަލްއަގުވާމީ އާބިޓްރޭޝަން ކޯޓަށް ހުށަހެޅުމުން އެމައްސަލާގައި، 2015 ވަނަ އަހަރު އާބިޓްރޭޝަނުން ނިންމާފައިވަނީ ބަދަލުގެ ގޮތުގައި ސަން ޓްރެވެލް އިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށެވެ.
އެ އެއްބަސްވުން ބާތިލުކޮށްފައިވާއިރު، އެ މައްސަލައިގައި ސަން ޓްރެވެލް އިން ހިލްޓަންއަށް ދައްކަން ޖެހޭ 28 މިލިއަނަށްވުރެ ގިނަ ޑޮލަރު ނުދެއްކި އެބައޮތެވެ. މި މައްސަލައާ ގުޅިގެން މެމްބަރު ޝިޔާމްގެ އިތުރުން އޭނާގެ އަންހެނުން އައިޝަތު ފާއިޒްގެ ޕާސްޕޯޓު ހިފަހައްޓަން ވެސް އަމުރު ނެރިފަ އެވެ.
މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ވަނީ ސަން ޓްރެވެލް ކުންފުނީގެ ބެންކް އެކައުންޓްތައް ފްރީޒްކުރަން ވެސް އަމުރެއް ނެރެފަ އެވެ.