ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ވިއްސާރަކުރުން އެކަށީގެންވާކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް(މެޓް)ން ބުނެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖޭގެ ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިންބުނެފައިވެ އެވެ.
ރާއްޖޭގެ ކަނޑުތަކާއި، ވިލާގަނޑު އާދައިގެ ވަރަކަށް ގަދަވާނެކަން ފާހަގަކޮށް މެޓުން ބުނީ، ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ހުރުން އެކަށީގެންވާ ކަމަށެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު، މިދުވަސްވަރު ދަތުރު ކުރުމުގައި ރައްކާތެރިކަން އިސްކޮށް، ގަވާއިދާއި އެއްގޮތަށް ދަތުރުކުރުމަށް ފުލުހުންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެގޮތުން މި ދުވަސްވަރު ޗުއްޓީ ދުވަސްވަރަށް ވުމުން ދަތުރު ފަތުރު ކުރުން ގިނަކަން ފާހަގަކޮށް ފުލުހުން ވަނީ އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް، އުޅަނދުގައި ފުރިހަމަ ވެފައި ހުންނަން ޖެހޭ މުވާސަލާތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަގީންކުރުމަށް އިސްތިމާސްކޮށްފަ އެވެ.
ވޯލްޑް ކަޕްގައި ޝަކީރާގެ ކާމިޔާބު 20 އަހަރު!
އީއައިއޭ ނުހަދައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުން ޖޫރިމަނާ
"ގަދަރް"އަށް 25 އަހަރު: އަދިވެސް އެންމެ ކާމިޔާބު އެއް ފިލްމު!
