ގިނަ ބަޔަކު އިންތިޒާރުުރަމުން ގެންދާ ފިލްމު، "ޕްރޮޖެކްޓު ކޭ"، ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ ބަތަލު ޕްރަބާސްގެ އުފަންދުވަހު ނެރެން ނިންމާފައިވާކަމަށް ހަބަރު ލިބިއްޖެ އެވެ.
ޕްރޮޖެކްޓު-ކޭ ގެ ޝޫޓިންގައި އަމީތާބާއި ޕްރަބާސްގެ އިތުރުން ފިލްމުގައި ހަރަކާތްތެރިވާ ފަންނާނުން ފެންނާނެ އެވެ. ހަމައެހެންމެ މި ފިލްމަކީ މިހާތަނަށް ބޮލީވުޑްގައި ކުޅޭ އެންމެ އަގުބޮޑު އެއް ފިލްމަކަށް ވެގެންދާނެކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.
އެގޮތުން މި ފިލްމުގެ ޝޫޓިންގެ މަސައްކަތް މިހާރު އެއްކޮށްހެން ނިމިފައިވާއިރު، ޕްރަބާސްގެ އުފަންދުވަހަށް ފިލްމު ނެރުމަށް ޕްރޮޑަކްޝަނުން މަސައްކަތް ކުރަމުންދާކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. އެގޮތުން ނަމަ ފިލްމު ނެރޭނީ މި އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.
ލީޑް ރޯލަކުން އަމީތާބާއި ޕްރަބާސް މި ފިލްމުގައި ފެނިގެންދާއިރު، މި ފިލްމުގެ ބަތަލާގެ ރޯލު ކުޅެދޭނީ ބޮލީވުޑް ސިނަމާގައި އެންމެ އަގުބޮޑުކޮށް ފިލްމު ކުޅެދޭ މަޝްހޫރު އެކްޓްރެސް އެއްކަމަށްވާ ދީޕިކާ ޕަޑުކޯން އެވެ.
ޕްރޮޖެކްޓު ކޭ އަކީ އަޝްވިނީ ދަތު ޕްރޮޑިއުސްކޮށްގެން ގެނެސްދޭ ފިލްމެކެވެ. އަދި ފިލްމުގެ ޝޫޓިންއަށް ފަންނާނުން އެންމެ ފަހުން ދިޔައީ އިންޑިއާގެ ހައިދްރާބާދަށެވެ.
ފުރަތަމަ ކުއާޓާގައި ދެ މިލިއަން މީހުން ވީއައިއޭއިން ހިދުމަތް ހޯދި
ވޯލްޑް ކަޕް ޓީމުތަކަށް ދޭ ފައިސާގެ އަދަދު ބޮޑުކޮށްފި
ސޯޝަލް މީޑިއާ: ގުޅުންތައް ބަދަހިކުރަނީތަ ނުވަތަ ރޫޅަލަނީތަ؟
