ދުނިޔޭގެ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހު 21 ގައި ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން މިއަދު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މިއަދު ހަ މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. އެމީހުން ދޫކޮށްލާފައިވަނީ އެމައްސަލާގައި ކުރިއަށް ގެންދާ ތަހުގީގަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށްވެސް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ 21 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިޔާ ޝައިހް ފަޒްލޫނާއި ދީނީ އިލްމުވެރިޔާ ޝައިހް ނިޝާންވެސް ހިމެނެ އެވެ. އަދި އެ މީހުންނަށް ދީފައި އޮތް ދީނީ ދަރުސް ދިނުމުގެ ހުއްދަ ވެސް މިހާރު އޮތީ ބާތިލުކޮށްފަ އެވެ.
ޔޯގާ ހަމަނުޖެހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ނޭންސީ ގުތުރީ ވަގަށް ނެގުން: ލިބުނު ސިޓީތައް އާއްމު ކޮށްފި
ނިދީގައި ކުޅު ފައިބަނީ ކީއްވެ؟ މިއީ ސިއްހީ މައްސަލައެއްތަ؟
މަގު ކޮންނަނިކޮށް އާރްޑީސީ މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް