އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު އެ ސިޓީގެ މީދޫއަށް ވަޑައިގަތުމުން އޭނާގެ އިސްތިއުފާއަށް ގޮވައިފި އެވެ.
އައްޑޫ ސިޓީގައި ވަކިން އޮންނަ ހުޅުދޫއާއި މީދޫގެ ތެރެއިން މީދޫއަށް ނިޒާރު ވަޑައިގަތީ އެރަށުގައި ކުރިއަށް ދިޔަ ހަރަކާތެއްގައި ބައިވެރި ވުމަށެވެ.
ނިޒާރުގެ އިސްތިއުފާއަށް ގޮވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ޒުވާނުންނެވެ. ޒުވާނުން ވަނީ ނިޒާރުގެ އިސްތިއުފާއަށް ގޮވައި، ޒުވާނުންގެ ކަންކަމުގައި އިސްކަން ދިނުމަށް ގޮވާލާފަ އެވެ.
ނިޒާރުގެ އިސްތިއުފާއަށް ގޮވާފައިވަނީ ޖަމިއްޔާތަކުން ކުރާ ކަންކަމަށް ކައުންސިލުން އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ނުދޭ ކަމަށް ބުނެ އެވެ. އެގޮތުން ޖަމިއްޔާތަކަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ކައުންސިލުން އަމިއްލަ އަށް އިވެންޓުތައް ބާއްވަމުން ދިޔުމަކީ ޒުވާނުންގެ ހިތްހަމަނުޖެހުން ހުރި މައިގަނޑު ސަބަބެއް ކަމަށް މައުލޫމާތު ލިބެ އެވެ.
ނިޒާރުގެ އިސްތިއުފާއަށް ގޮވި ޒުވާނުން ވަނީ މީދޫގެ ބައެއް ސަރަހައްދުތަކުގައި އިސްތިއުފާގެ ބެނާތައް ވެސް ދަމާފަ އެވެ.
ފުރާޅެއް ސާފުކުރަން އުޅުނު ދެބެއިން ކަރަންޓްގައި ޖެހި ފަރުވާދެނީ
ވޯލްޑް ކަޕް ޓީމުތަކަށް ދޭ ފައިސާގެ އަދަދު ބޮޑުކޮށްފި
މިފްކޯގެ އެމްޑީ ކަމަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް