ވޮޝިންޓަން (27 ޖޫން) - 2015 ވަނަ އަހަރު ސޮއިކުރި ރަޝިއާ އެއްބަސްވުން އަލުން އިޔާދަކުރަން އޮތް ފުރުސަތުތައް ޖީ7ގެ ލީޑަރުން މަޝްވަރާ ކުރައްވާނެ ކަމަށް އެމެރިކާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އުވާލެވުނު އެ އެއްބަސްވުމުގެ މަޝްވަރާތައް ސީދާ އެމެރިކާއާއި އީރާނުގެ މެދުގައި ފަށަން ތައްޔާރުވެފައި ވާއިރު ހުޅަނގުގެ ގައުމުތަކުން އަންނަނީ އެކަމަށް އެގައުމުތަކުގެ ހިޔާލުތައް ހުށައަޅަމުންނެވެ.
އެގޮތުން މިހާރު ކުރިއަށްދާ ޖީ7 ސަމިޓުގައި ވެސް މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ޖީ7ގެ ގައުމުތަކުގެ ތެރެއިން ޖަރުމަނާއި ފްރާއންސަކީ ނިއުކްލިއާ އެއްބަސްވުމުގެ ވެސް ބައިވެރިންނެވެ.
އެމެރިކާގެ އޮފިޝަލު ވިދާޅވީ ނިއުކްލިއާ އެއްބަސްވުމުގެ މަޝްވަރާތައް އޮންނާނީ ސަމިޓްގެ ތެރެއިން މިރޭ ބާއްވާ ރޭގަނޑުގެ ފަރިއްކޮޅެއްގައި ކަމަށެވެ.
އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުުރުމުގެ ބަދަލުގައި އެގައުމުގެ ނިއުކްލިއާ ހަރަކާތްތައް މަޑުޖައްސާލަން އެއްބަސްވެ ހެދި މި އެއްބަސްވުން އެމެރިކާއިން އުވާލުމާއެކު އީރާނުން ވެސް ވަނީ ނިއުކްލިއާ ހަރަކާތްތައް އިތުރުކޮށްފަ އެވެ.
ނަމަވެސް ބައިޑަން ރައީސް ކަމަށް އިސްވެ ވަޑައިގަތުމަށްފަހު އެ އެއްބަސްވުން އަލުން އިޔާދަކުރަން އެމެރިކާއިން ބޭނުންވާ ކަމަށް ބުނެ އެކަމުގެ މަޝްވަރާތައް ވަނީ ފަށާފަ އެވެ. -- އަލް އަރަބިއްޔާ