މިފްކޯއިން ވެސް ޑީސަލް ވިއްކާ އަގު ބޮޑުކޮށްފި އެވެ.
މިފްކޯއިން ބުނީ އެ ކުންފުނީގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓްފަހަރުން ޑީސަލް ވިއްކާ އަގުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން މަސްދޯނި ފަހަރަށް ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 17.63 ރުފިޔާ އަށް އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 22.66 ރުފިޔާ އަށް ކަމަށް މިފްކޯއިން ބުނެ އެވެ.
މީގެ ކުރިން ވެސް މިފްކޯއިން ވަނީ ޑީސަލް ވިއްކާ އަގު ބޮޑުކޮށްފަ އެވެ.
މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފައިވާއިރު، އެކުންފުންޏަށް ތެޔޮ ފޯރުކޮށްދޭ އެސްޓީއޯއިން ވެސް ވަނީ އެކުންފުނީގެ ދަށުން ހިންގާ އެފްއެސްއެމްއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފަ އެވެ. އެގޮތުން މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ 16.55 ރުފިޔާ އަށް އަދި ޑީސަލް ލީޓަރެއް ލިބޭނީ 16.77 ރުފިޔާ އަށެވެ.
އެސްޓީއޯއިން މީގެކުރިން ބުނެފައިވާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު ހިފެހެއްޓުމެއްނެތި އުފުލެމުން ދަނިކޮށް ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ހިނގަންފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށްދާ ނިސްބަތްވަނީ އިތުރަށް ހަލުވިވެފަ އެވެ.
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވަނީ
ސްކޫލްތަކުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!
