ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަންނާނުންގެ ދަރިންނަށް އިންޑަސްޓްރީއަށް ވަންނަން ފަސޭހަވާކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް އިން އިންޓަވިއުއެއްގައި އަހާން ވަނީ ފަންނާނުންގެ ދަރިންނަށް ވީތީ، އާންމުންނަށް ވުރެ ބޮޑަށް އެކުދިންނަށް އިސްކަންދޭކަން ގަބޫލުކޮށްފަ އެވެ.
ހަމައެހެންމެ އޭނާ އަކީވެސް އެފަދަ ނަތީޖާއެއް ކަމަށާއި، އެހެންނަމަވެސް އެންމެން ވެސް އިންޑަސްޓްރީގައި އާންމުންގެ ލޯތްބާއި މަގުބޫލުކަން އަދި މަޝްހޫރުކަން ހޯދުމަށްޓަކައި ގަދަ އަޅައި މަސައްކަތް ކުރާ ކަން ފާހަގަކޮށް އަހާން ބުނީ، އޭނާވެސް އެފަދައިން އިންޑަސްޓްރީގައި ކާމިޔާބު ފަންނާނަކަށް ވުމަށް ގަދައަޅައި މަސައްކަތް ކުރާކަމަށެވެ.
އަހާން ބުނިގޮތުގައި ފިލްމު އިންޑަސްޓްރީގެ ހިއްސާއަކަށް ވެވުމަކީ އޭނާ ވަރަށް އުފާ ކުރާ ކަމެކެވެ. އަދި ނަހަމަ ގޮތުގައި އެ ފުރުސަތުގެ ފައިދާ ނުނަގާނެ ކަމަށް އޭނާ ޔަގީންކަން ދީފައިވެ އެވެ.
ކުރިއަރަމުން އަންނަ ތަރިއެއްގެ ގޮތުގައި ސިފަކުރާ އަހާން ބޮލީވުޑަށް ޑެބިއުޓް ދީފައިވަނީ ފިލްމު "ތަޑަޕް" އިންނެވެ. އެފިލްމުގައި އަހާންގެ ރޯލު ކުޅަދާނަކަމާއެކު ކުޅެދިނުމުން ގިނަ ބައެއްގެ ތައުރީފު އަހާން އަށް ވަނީ ލިބިފަ އެވެ.
ވޯލްޑް ކަޕް: އޮޅުމަކުން 8000 ޑޮލަރުގެ ޕާކިން ފާހެއް ގަނެފި
ދިރާގު ޕޭ ކަސްޓަމަރުންނަށް 1 ރުފިޔާއަށް ޕިއްޒާއެއް
ދިރާގުން 'ޕިޗް ފޯ ޕާޕަސް' ޕްލެޓްފޯމް ތައާރަފުކޮށްފި
