އެމްޑީޕީގެ ޗެއާޕާސަން އިންތިހާބާ ދިމާކޮށް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެވްޑީސީން އަލަށް 145 ވަޒީފާ ދިންކަން ހާމަވެއްޖެ އެވެ.
މިކަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މި އަހަރުގެ މެއި މަހުގެ ނިޔަލަށް އެޗްޑީސީން ދީފައިވާ ވަޒީފާތަކާއި ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ އަދަދު ހޯދަން އޮންލައިން ނޫސް"ދިޔަރެސް" އިން އެދުމުން ދިން މައުލޫމާތުތަކުންނެވެ.
އެޗްޑީސީން އިއްޔެ ހާމަކުރި މައުލޫމާތުގައިވާ ގޮތުން މި އަހަރު ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 145 މީހުންނަށް އަލަށް ވަޒީފާ ދީފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ވަޒީފާ ދީފައިވަނީ މިިދިޔަ މާޗު މަހު އެވެ. އެ މަހުގެ ތެރޭގައި 44 ވަޒީފާ ދީފައިވާއިރު އޭޕްރީލް މަހުގެ ތެރޭގައި 22 ވަޒީފާ ދީފައިވެ އެވެ. މި އަހަރުގެ ޖެނުއަރީ އަދި ފެބްރުއަރީ މަހު ވެސް ކޮންމެ މަހަކު 36 ވަޒީފާ ދީފައިވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއީދުކުރެއްވި ކެންޑިޑޭޓް ފައްޔާޒް އިސްމާއީލްގެ ކެޕްމެއިނަށް ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާތައް ދިންކަމުގެ ތުހުމަތު ކުރެވިފައިވެ އެވެ.
މި އިންތިހާބާ ގުޅިގެން ސަރުކާރުގެ ހުރިހާ ވަސީލަތެއް ފައްޔާޒަށް އިންތިހާބު އޭނާ ކާމިޔާބު ކޮށްދިނުމަށް ސަރުކާރުން ވަނީ ބޭނުންކޮށްފަ އެވެ.