ވައިގެމަގުން ރާއްޖެ އެތެރެކުރި 10 މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
މިދިޔަ މަހުގެ 11 ވަނަ ދުވަހު އަތުލައިގަތް އެ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 2.064 ކިލޯ ހުރިކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެތަކެތި އަތުލައިގަތީ ބްރެޒިލް އިން ރާއްޖެ އައި އެމެރިކާ މީހަކާ މެދު ޝައްކުކުރެވިގެން، އިތުރަށް ބަލައި ފާސްކުރުމުންނެވެ.
ފުލުހުން ބުނީ އުމުރުން 55 އަހަރުގެ ލިއިލާ ލެއިން ކްލާކް ނަމަކަށް ކިޔާ އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
އެގޮތުން އަތުލައިގެން ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމުން ތަހުގީގު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިނަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމުން ބުނެ އެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު ހަތް އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާބުއިމާ ދުރުވުމުން ދިރިއުޅުމަށް އައި ބަދަލު ޓޮމް ކިޔައިދީފި
އޭސީޕީ ޝިފާންގެ މައްސަލައެއް ބަލަނީ

މާދަމާ އިވޭނީ ކޯޓުން ދޫކޮށްލާ އަޑު