އިންޑިއާއިން ރާއްޖެއަށް ދަތުރުކުރި އެއާ އިންޑިއާގެ ބޯޓެއް އިމަޖެންސީގައި މުމްބާއީއަށް ޖައްސައިފި އެވެ.
އެ ބޯޓު ދަތުރުކުރީ ބެންގަލޫރުން ރާއްޖެއަށެވެ. ނަމަވެސް އިމެޖެންސީގައި އެ ބޯޓު ޖެއްސީ ލޭންޑިން ގިއަރުގައި މައްސަލެއްް ދިމާވެގެން ކަމަށް އެނގިފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓުގައި ތިބި އެންމެގެ ހާލު ވެސް ރަނގަޅެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދަތުރުތައް ހުއްޓާލުމަށް ފަހު އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަފުތާއަކު ހަތަރު ދަތުރު އެ އެއާލައިނުން ކުރެ އެވެ.
އެމެރިކާ އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ރަހުމަތްތެރިއެއް: ރައީސް
އޮސްޓްރޭލިއާގެ އެހީގައި ކުޑަކުދިންގެ ޕާކުތައް ހަދަނީ
މާލޭގެ ގެއެއްގައި ރޯވެ ގެއްލުންތަކެއް ލިބިއްޖެ