ހޮލީވުޑްގެ އެކްޓަރެއް ކަމަށްވާ ޖޮނީ ޑެޕާގެ އަބުރު ގެއްލޭ ގޮތަށް އެމްބާ ހާޑް ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ޖޮނީއަށް 15 މިލިއަން ޑޮލަރު ދިނުމަށް ހުކުމްކުރި ނަމަވެސް އެފައިސާ ނުދައްކާނެ ކަމަށް އެމްބާ ހާޑްގެ ވަކީލުން ބުނެފި އެވެ.
ކައިވެނިކޮށްގެން އުޅުނު އިރު ގެވެށި އަނިޔާގެ ޝިކާރައަކަށްވި ކަމަށް ބުނެ 2018 ވަނަ ވޮޝިންޓަން ޕޯސްޓްގައި ހާޑް ޝާއިއުކުރި ލިޔުމަކާ ގުޅިގެން އަބުރު ގެއްލުނު ކަމަށް ބުނެ ޑެޕް ދައުވާކުރީ 50 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދާށެވެ. ހާޑްގެ ތުހުމަތާ ގުޅިގެން ޑެޕްގެ ވަކީލުން ދެއްކި ވާހަކަތަކާ ގުޅިގެން އަބުރު ގެއްލި ކެރިއަރަށް ނޭދެވޭ އަސަރުކުރި ކަމަށް ބުނެ ހާޑް ވަނީ 100 މިލިއަނުގެ ބަދަލަކަށް ދައުވާކޮށްފަ އެވެ.
މިދިޔަ މަހު ފެށި ޝަރީއަތް އެތައް ދުވަހަކަށް ކުރިޔަށް ދިޔުމަށްފަހު މައްސަލަ ނިމުނީ ޑެޕަށް ކާމިޔާބު ލިބިގެންނެވެ. މައްސަލަ ނިންމާ އިއްވި ހުކުމްގައި ބުނެފައިވަނީ އެމްބާ ހާޑް ޖޮނީގެ އަބުރު ގެއްލޭ ގޮތަށް ވާހަކަ ދައްކާފައިވާކަމަށެވެ. އެހެންކަމުން އަބުރުގެ ބަދަލެއްގެ ގޮތުގައި 15 މިލިއަން ދިނުމަށްވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އެމްބާގެ ހުށައެޅުންތަކަށް ބަލާ ޑެޕްގެ ވަކީލުން ދެއްކި ވާހަތަކުން އެމްބާގެވެސް އަބުރަށް ގެއްލުން ލިބިފައިވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އަދި މިކަމުގެ ބަދަލެއްގެ ގޮތުގައި 2 މިލިއަން ރުފިޔާ އެމްބާ އަށް ޖޮނީ ޑެޕް ދައްކަން ޖެހެ އެވެ.
މިހުކުމާއި ގުޅިގެން އެމްބާގެ ވަކީލުން ދިން އިއްޓަވިއުއްގައި ބުނެފައިވަނީ މިމައްސަލަ މަތީ ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކޯޓުން 15 މިލިއަން ޑޮލަރު ދިނުމަށް ހުކުމް ކުރި ނަމަވެސއް އެފައިސާ ދޭންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
މައްސަލަ އޭނާ ކޮޅަށް ނިމުމުން ޑެޕް ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖޫރީން އޭނާގެ ދިރިއުޅުން އަލުން އަނބުރާ ހޯދައިދީފައިވާކަމަށެވެ.
އެމްބަރ ހަރޑް ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ހިތްހަލާކުވާފަދަ ނިންމުމެއްކަމަށާ، ކުރީގެ ފިރިމީހާގެ ބާރާއި ނުފޫޒުގެ ކުރިމަތީގައި އޭނާގެ ވާހަކަތައް އެއްވެސް އެއްޗަކަށް ނުވިކަމަށެވެ.
މި ދެ މީހުން ބައްދަލުވީ 2011 ވަނަ އަހަރު "ދަ ރޫމް ޑައިރީ"ގެ މަންޒަރުތައް ނެގުމުގެ ތެރެއިންނެވެ. ފެބްރުއަރީ 2015ގައި އެ ދެ މީހުން ކައިވެނިކޮށްފައި ވާއިރު، ދެ އަހަރު ފަހުން އެ ދެ މީހުން ވަރިވި އެވެ.