ބަނޑުގައި ވައި ހެދިގެން ނުވަތަ ގޭސްޓްރިކްވުމަކީ ވަރަށް އާންމުކޮށް ދިމާވާ ކަމަކެވެ. އޭގެ ސަބަބުން ބަނޑު މާބޮޑަށް ފުފިފައި ހުރުމުން އޭގެ އުނދަގޫ އިހުސާސުތައް ކުރުވަ އެވެ. މިގޮތަށް ދިމާވާ ބައެއް ސަބަބުތަކުގެ ތެރޭގައި:
-ފިޒީ ޑްރިންކްސް ބުއިމާއި މާ ގިނައިން ހަކުރު ނުވަތަ ލޮނު ހުންނަ އެއްޗެހި އަދި ޕްރޮސެސްޑް ފުޑް އާއި ފައިބާ މަދުން ހުންނަ އެއްޗެހި ކެއުން.
-ބަނޑުހަރުވުން
-އެލާޖިކް ވުން
-ހޯމޯނަށް އަންނަ ބަދަލުތައް (ބައެއް އަންހެނުން ޕީރިއަޑްވުމުގެ ކުރިންނާއި ފަހުން ބަނޑު ފުފޭ ގޮތްވޭ)
މިކަންތަކަށް ހައްލު ހޯދޭނީ ސިއްހަތު ރަނގަޅު ލައިފްސްޓައިލެއް ހިޔާރުކޮށް، ގުދުރަތީ ގޮތްތަށް ބޭނުންކޮށްގެން ބްލޯޓް ވުމުން ދުރުވެވިދާނެ އެވެ.
- ކެއުމުގައި ފައިބާ އިތުރުކުރުން: ފައިބާގެ ސަބަބުން ބަނޑުހަރުވުމުން ދުރުކޮށްދީ، ބްލޯޓްވެ ބަނޑު ފުފިފައި ހުންނަ ހުރުން ނުހުންނާނެވެ އެވެ.
- ގިނަ ގިނައިން ފެން ބުއިން
- ޗުވިންގަމް ނުކެއުން: ހަފާ އިރު އަނގައިން ހަށިގަނޑުގެ ތެރެއަަށް ވައި ވަންނާތީ އޭގެ ސަބަބުން ގޭސްޓްރިކްވެ ބަނޑުފުފޭ ގޮތް ވާނެ އެވެ.
- އެއްއިރު ކައިފަ އަނެއް އިރު ކެއުމާ ދެމެދު ގިނަ ވަގުތު ނުކުރުން: ކާއިރު ލަސްލަހުން ރަނގަޅަށް ހަފައިގެން ކެއުމަކީ ވެސް މުހިއްމު ކަމެކެވެ.
- ހޫނު ފެނުން ފެންވެރުން
- ކޮންމެ ދުވަހަކު ވެސް ހޭލައިގެން ހޫނު ފެންތައްޓެއް ބުއިން
- ލޮނު ހިމެނޭ ބާވަތްތައް ކެއުން މަދުކުރުން
- ގަވައިދުން ކަސްރަތު ކުރުން