ހިންދީ ޑްރާމާތަކުން މަޝްހޫރުކަން ހޯދާފައިވާ ދިޝާ ޕަރްމަރް އޭނާގެ ގާތް ރަހުމަތްތެރިންނާއެކު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.
ދިޝާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ނ.އަތޮޅުގައި އޮންނަ ސިޔާމް ވޯލްޑް ރިސޯޓްގަ އެވެ.
މިރިސޯޓްގެ ޕޫލް ކައިރީ ނަގާފައިވާ ފޮޓޯތަކެއް ދިޝާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ.
ކައިވެންޏަށް ފަހު ފިރިމީހާ ރާހުލް އާއި އެކުގައިވެސް ދިޝާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. ޑްރާމާ ސިލްސިލާ ތަކުން މަގުބޫލުކަން ހޯދާފައިވާ ދިޝާ މިހާރު ކުޅެމުންދަނީ ސޮނީ އިން ދައްކާ "ބަޅޭ އައްޗޭ ލަގްތޭހޭ 2″ އެވެ.
އިންޑިއާގެ ފިލްމީ ތަރިންނާއި ޓީވީ ތަރިން ޗުއްޓީ ހޭދަކުރުމަށް ދޭތެރެ ދޭތެރެއިން ރާއްޖެ އާދެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމަކީ ވެސް އިންޑިއާ އެވެ.