ނިދުމަކީ އިންސާނާގެ ހަށިގަނޑަށް ވަރަށްވެސް މުހިންމު ކަމެކެވެ. ދުވާލެއްގެ މައްޗަށް 8 ގަޑި އިރުގެ ނިދި އިންސާނާގެ ހަށިގަނޑަށް ލިބެން ޖެހޭއިރު މިވަރަށް ނިދި ނުލިބިއްޖެނަމަ ޑިޕްރެޝަންނަށް ދިއުމަކީ ގާތްކަމެވެ.
ގިނަ އަދަދެއްގެ މީހުން ބައިވެރިކޮށްގެން ދާދި ފަހުން ނިއުޔޯކުގެ ބިންގަމްޓަން ޔުނިވާސިޓީ އިން ކުރި ދިރާސާއަކުން ވެސް 8 ގަޑިއިރު ނިދުމުގެ މުހިއްމުކަން ވަނީ ދައްކާފަ އެވެ.
އެ ދިރާސާއިން ދައްކާ ގޮތުގައި ދުވާލެއްގެ މައްޗަށް 8 ގަޑިއިރުގެ ނިދި ނުލިބޭނަމަ ސިއްހީ އެކި މައްސަލަތައްް ކުރިމަތިވެ އެވެ. އެގޮތުން މަދުވެގެން 8 ގަޑިއިރުގެ ނިދި ނުލިބޭ ފަރާތްތަކަށް ކަންކަމަށް ފުރިހަމައަށް ސަމާލުކަން ދޭން އުނދަގޫވެ އެވެ. އެއާއެކު އެމީހުންނަކީ ތަފާތު އެކި ނޭދެވޭ ވިސްނުންތައް ގެންގުޅޭ ބައެއްގެ ގޮތުގައި އެދިރާސާއިން ދައްކަ އެވެ.
މަދުވެގެން 8 ގަޑިއިރުގެ ނިދި ނުލިބޭކަމުގައިވަނީ ނަމަ ނަފުސާނީ ބަލިތަކުގެ ޝިކާރައަކަށް ޑިޕްރެޝަނާއި އެންޒައިޓީއަށް މީހާ ވެއްޓޭކަމަށް އެދިރާސާގައި ބުނެފައިވެ އެވެ.
އެހެން ކަމުން ކިތަންމެ ބުރަކޮށް ބުރަކޮށް އުޅުނަސް މަދުވެގެން 8 ގަޑިއިރުގެ ނިދި ހަމަ ކުރަން އާދަ ކުރާށެވެ.