އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މުވައްޒަފެއްގެ މައްސަލަ އެ ކުންފުނިން ޕޮލިހަށް ހުށަހަޅައިފި އެވެ.
އައިއޭއެސްގެ މިީޑިއާ ޑިރެކްޓަރ މޫސާ ވަސީމް "ހުރިހާ"އަށް މިއަދު ވިދާޅުވީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މިދިޔަ ހަފުތާގައި ޕުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.
ވަސީމް ވިދާޅުވީ އެ މައްސަލާގައި ތުހުމަތުކުރަނީ އައިއޭއެސްގެ މާލޭ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފަކަށް ކަމަށެވެ.
"އެ މައްސަލާގައި ތުހުމަތުކުރަނީ އެންމެ މުވައްޒަފެއްގެ މައްޗަށް. މިހާރު އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން،" އޭނާ ވިދާޅުވި އެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުން މިލިއަނެއްހާ ރުފިޔާ ވަގަށް ނެގި މައްސަލާގައި ތުހުމަތުކުރަނީ އެ ކުންފުނީގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރި ކޭޝިއަރަކަށެވެ.
ކޮންމެ މާހައުލަކުން މީހުންގެ ހިތްތައް އަތުލާނީ ކިހިނެއް؟
އެމްޓީސީސީ 30،000 ރުފިޔާއިން ޖޫރިމަނާކޮށްފި
ކަންގަނާގެ ބަހުގެ ހަމަލާތަކެއް އަނެއްކާ ވެސް ރިތިކްއަށް!