މާލޭގެ އެކި ސަރަހައްދުތަކުގައި "އިންޑިއާ އައުޓް" ކުރަހައި، ލިޔުންތައް އަޅަމުންދާ މައްސަލައާ ގުޅިގެން މީހުން ދެނެގަނެ އެ މީހުންގެ ތަހުގީގު ފަށައިފި އެވެ.
ފުލުހުން މިރޭ ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް މިމައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. އެ މީހުންގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެ އެވެ.
މާލޭގެ އެކި ފާރުތަކުގައި ވަނީ އިންޑިއާ އައުޓް ޖަހައި ސްޕްރޭކޮށްފަ އެވެ. އޭގެތެރޭގައި އޭޑީކޭ ހޮސްޕިޓަލްގެ ފާރުވެސް ހިމެނެ އެވެ.
އިންޑިއާ އައުޓް ޖަހާފައިވާ ލިޔުންތައް ވެސް މާލެ އާއި ހުޅުމާލޭގެ ބައެއް މަގުތަކަށް ވަނީ އަޅާފަ އެވެ. އޭގެތެރޭގައި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ދިރިއުޅުއްވާ އެޕާޓްމަންޓް ހުންނަ ސަރަހައްދާއި އިންޑިއާ ހައިކޮމިޝަން ކުރިމައްޗާއި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދިރިއުޅުއްވާ ގެކޮޅު ކުރިމަތި ހިމެނެ އެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވާލާ ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އަދި ރައީސް އިބްރާހީމް ސޯލިހު ވަނީ އެކަން ހުއްޓުވުމަށް ގަރާރެއް ނެރުއްވާފަ އެވެ.
4،300 ޑޮލަރާއެކު އެންމެ ގިނައިން ސާވިސް ޗާޖް ދިން ރިސޯޓަކަށް ވެލާ
ކުޑަކުދިން ހައިޟުވާ އުމުރު އަވަސްވަނީ މިހެންވެ!
އަދާލަތު ޕާޓީގެ ރައީސަކަށް ޝައިޚް ޝިފާން އިންތިހާބު ކޮށްފި
