ގދ. ތިނަދޫގައި ރަހީނުކުރި މީހަކު ސަލާމަތްކޮށް، ހަތަރު މީހަކު ދިވެހިން ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 5:00 ހާއިރު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ރަހީނުކުރި މީހާ ސަލާމަތްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 52 އަހަރުގެ މީހަކާއި 45 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
އެމްޑީޕީން އެންމެ ކަމުނުދާ ކަމަށް ބުނި ވަޒީރުންނަށް ވެސް ވޯޓުދިން
މިފްކޯގެ އެމްޑީ ކަމަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް
ބީއެމްއެލްގެ މުވައްޒަފުން ކުރިއަރުވަން އެއްބަސްވުމެއް