ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން އަބްދުﷲ ހައްޔަރުކުރަން ގޮވާލައި އެ މަނިކުފާނުގެ ގެކޮޅަށާއި ޕީޕީއެމްގެ އޮފީސް ދޮރަށް ބަޔަކަށް ސްޕްރޭ ކޮށްފި އެވެ.
ރައީސް ޔާމީން ދިރުއުޅުއްވާ ހ. ދޫވެހި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަގޭގެ ދޮރުމައްޗަށް، އެ މަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާފައިވާ އިބާރާތްތަކަކާއި އެމަނިކުފާނުގެ ފޮޓޯ ދޭހަވާ ކުރެހުމެއް ސްޕްރޭކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އަދި އެމަނިކުފާނު ހައްޔަރުކުރުމަށް ގޮވާލައި ވަނީ ކަރުދާސްތަކެއް ވެސް އަޅާފަ އެވެ.
މިކަމާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ ހައި ސެކިއުރިޓީގައި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގާނޫނުން ލާޒިމް ކުރާފަރާތެއް ކަމަށާއި ވަށައިގެން ކެމެރާ އަޅައި، ސެކިއުރިޓީ ބަލަހައްޓަމުން ދަނިކޮށް މިފަދަ ނުރައްކާތެރި މެސެޖެއް ދިނުމަކީ އެމަނިކުފާނަށް ސަރުކާރުން ދިން އިންޒާރެއް ކަމަށެވެ.
ޔާމީން ހައްޔަރު ކުރުމަށް ގޮވާލައި މީގެ ހަފްތާއެއްގައި ދުވަސް ކުރިން އެމަނިކުފާނުގެ ގެކޮޅު ކައިރީ ގްރޫޕަކުން މުޒާހަރާ ވެސް ކުރި އެވެ. ޕީޕީއެމުން ބުނެފައިވާ އޭރު ބުނެފައިވާ ގޮތުގައި އެ މުޒާހަރާކުރީ އިންޑިއާ އިން ފައިސާ ދީގެން ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
ެިވިކީ 12 ކިލޯ ބަރުވުމަށްފަހު 15 ކިލޯ ހިއްކާލައިފި
"ސްޕައިޑަމޭން: ބްރޭންޑް ނިއު ޑޭ"އާއެކު މުޅިން އާ ބާބެއް!

ރައީސް އޮފީހާ ކޮމިސަން ދޮށައް ލިއުންތައް އެޅުއްވިއިރު ހައި ސިކިއުރިޓީ ނެތީތޯ ތިމާމެން ކޮއްފިއްޔާމުން އޯކޭ ވެފާ އެހެން ބަޔަކު ކުރީމާ މައްސަލައަކައް ވީތޯ އަދިވެސް މައްސަލަތައް ނިމި ހުދުކާފޫރަކައް ނުވޭ ދޮގެއްތޯމީ