މާފަންނު ސްޓޭޑިއަމް ކައިރީގައި ޕާކްކޮށްފައި އޮތް ވެހިކަލެއްގައި ގޮވާ ޒާތުގެ އެއްޗެއް އޮތް ކަމަށް ބުނެ ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެން އެ ސަރަހައްދު ބެލިއިރު ކުނި އަޅާފައިވާ ފޮށިގަނޑެއް ފެނިއްޖެ އެވެ.
ސްޓޭޑިއަމް ސަރަހައްދުން ގޮވާ ޒާތިގެ އެއްވެއް އޮތް ކަމަށް ބުނެ ރިޕޯޓު ކުރުމާއި ގުޅިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެފައި ވަނީ މިއަދު މެންދުރު ކުރީގަ އެވެ. އެ ސަރަހައްދަށް ބޮން ސްކޮޑް ވެސް ގޮސް އެއީ ގޮވާ ޒާތުގެ އެއްޗެއްތޯ ވަނީ ބަލާފަ އެވެ.
ޕިކަޕެއް ތެރޭގައި އޮތް އޭތި ބެލިއިރު، އެއީ ކުނި ފޮށިގަނޑެއް ކަން އެނގިފައިވެ އެވެ.
އެ ސަރަހައްދު ބަންދުކޮށްފައި އޮތުމަށް ފަހު ފުލުހުން މިހާރު ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ.
މިގޮތަށް ފެންނަ ގޮތް ނޭންގޭ އެއްޗެހި ބެލުމަށް މީގެ ކުރިން ވެސް ސަލާމަތީ ބާރުތަކުން ވަނީ ހަރަކާތްތެރިވެފަ އެވެ.