"ހަމައެކަނި އިންޑިއާ"ގެ ވިސްނުމަކީ މުޑުދާރު އަޅުވެތިކަމެއް ކަމަށް އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިހާރު އިންޑިއާއާ އެކު ބާއްވަމުން ގެންދަވާ ގުޅުންތަކަށް އަމާޒުކުރައްވާ ކުރެއްވެވި ޓްވީޓެއްގަ އެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ސިޔާސީ ގުޅުމުގެ ތެރެއިން މިހާރު ފެންނަނީ އިންޑިއާގެ މަސްލަހަތަށް އެކަނި އިސްކަންދޭ ސިޔާސަތެއް ކަމަށެވެ. އެހެންވެ އެ ސިޔާސަތު އެމަނިކުފާނު ސިފަކުރެއްވީ ރާއްޖެ އަޅުވެތިކުރުމަށް ކުރިއަށް ގެންދާ މުޑުދާރު އަޅުވެތިކަމެއްގެ ގޮތުގަ އެވެ.
ރައީސް ޔާމީނުގެ މައްޗަށް 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގައި ކުރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ ތެރެއިން 2 އަހަރެއްހައި ދުވަސް ބަންދުގައި ޖަލުގައާއި ގެކޮޅުގައި ހޭދަކުރެއްވުމަށްފަހު، އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމުން އެމަނިކުފާނު މިނިވަންވެވަޑައިގެން "އިންޑިއާ އައުޓް" ހަރަކާތްވަނީ ވަރަށް ބޮޑަށް ފުޅާކުރައްވާފަ އެވެ.
ނަމަވެސް ސަރުކާރުން ދަނީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ގިނަ ގުނަ މަސައްކަތް ކުރަމުންނެވެ. މިގޮތުން ސަރުކާރުންވަނީ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅާފައެވެ. ރައީސް ސޯލިހު ނެރުއްވި ރިޔާސީ ޤަރާރަކުން އެ ހަރަކާތް ހުއްޓުވަން ތަންފީޒީ އިދާރާތަކުގެ މައްޗަށް އަމުރެއް ނެރުއްވާފައިވެ އެވެ.
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް