އީދު ދުވަހުގެ މުނާސަބަތުގައި މިގެނެސްދެނީ މިއަދުގެ މެންދުރު ކެއުމަށް ހަދާލަން ހަމަ އެންމެ ރަނގަޅު ކެއުމެކެވެ. އިންޑިއާގެ މި ކެއުމަކީ ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު ދެ ބާވަތެއް އެއްކޮށްލައިގެން ތައްޔާރު ކުރެވިފައިވާ ރެސިޕީ އެކެވެ.

ބޭނުންވާނެ ތަކެތި

ކުކުޅު މެރިނޭޓް ކުރުމަށް

  • 1 ކިލޯ ކުކުޅު (ކޮށާފައި)
  • 2 މޭޒުމަތީސަމްސާ އިނގުރު ލޮނުމެދު ޕޭސްޓް
  • 1 ތަށި ޔޯގަޓް
  • 1 މޭޒުމަތީ ސަމުސާ ކޮތަނބިރި ޕައުޑަރު
  • 2 މޭޒުމަތީ ސަމުސާ ތެޅި މިރުސް
  • 1/2 ސައިސަމުސާ ރީނދޫ
  • 1 ސައިސަމުސާ ދިރި
  • 1 މޭޒުމަތީ ސަމުސާ ގަރަމްމަސާލާ
  • 1/2 ސައިސަމުސާ އަސޭމިރުސް
  • 3 މޭޒުމަތީ ސަމުސާ ޒުވާރީ ފުށް
  • 1 ސައިސަމްސާ ލޮނު
  • ކުޑަ ރަތްކުލަ ކޮޅެއް
  • 1 ބިސްތެޔޮ

ޓިއްކާ މަސާލާ ތައްޔާރު ކުރުމަށް

  • 4 މޭޒުމަތީ ސަމުސާ ތެޔޮ
  • 4 ކާފޫރުތޮޅި
  • 2 އިންޗި ފޮނިތޮށި
  • 2 ސައިސަމުސާ ދިރި
  • 1 ބޮޑު ބޭލީފް
  • 1 މޭޒުމަތީ ސަމުސާ އަސޭމިރުސް
  • 2 މޭޒުމަތީ ސަމުސާ އިނގުރު
  • ލޮނުމެދު ޕޭސްޓް
  • 3 ޓޮމާޓޯ، (ކޮށާފައި)
  • 2 ސައިސަމުސާ ރީނދޫ
  • 3 ސައިސަމުސާ ތެޅި މިރުސް
  • 2 ސައިސަމުސާ ދިރި
  • 2 ސައިސަމުސާ މުގުރި ކޮތަނބިރި
  • 4 މޭޒުމަތީ ސަމުސާ ބިރިޔާނީ މަސާލާ
  • 2 ސައިސަމުސާ ގަރަމް މަސާލާ
  • 2 ސައިސަމްސާ ޗިކަންސްޓޮކް ޕައުޑަރު
  • 1/2 ޖޯޑު ފިޔާ (ތެއްލާފައި)
  • 1 ގިތެޔޮމިރުސް (ކޮށާފައި)
  • 1 ސައިސަމުސާ ލޮނު
  • 1/2 ޖޯޑު ކުދީނާފަތް (ކޮށާފައި)
  • 1/2 ޖޯޑު ކޮތަނބިރި ފަތް (ކޮށާފައި)
  • 1 ޖޯޑު ކާށި ކިރު
  • 1 ޖޯޑު ފެން

ބަތް ކެއްކުމަށް

  • 2 ޖޯޑު ފުށްދިގު ބާސްމަތީ ހަނޑޫ
  • 6 ޖޯޑު ފެން
  • 1 ސައިސަމްސާ ދިރި
  • 4 ކާފޫރު ތޮޅި
  • 2 އިންޗި ފޮނިތޮށި
  • 3 މޭޒުމަތީ ސަމުސާ ތެޔޮ

ބިރިޔާނީ ތައްޔާރު ކޮށްލުމަށް

  • 1 ޖޯޑު ފިޔާ (ތެއްލާފައި)
  • 1/2 ޖޯޑު ކޮތަނބިރި ފަތް
  • މެރިނޭޓް ކުރި ޗިކަން ޓިއްކާ ކުކުޅު
  • ޗިކަން ޓިއްކާ ގްރޭވީ
  • ކެއްކި ބަތް
  • ކުޑަ ރީނދޫ ކުލަކޮޅެއް (2 ސަމްސާ ފެނުގަ ގިރާލާފައި)

ތައްޔާރު ކުރާނެ ގޮތް

  1. ކުކުޅު މެރިނޭޓް ގައިވާ ތަކެތީގެ ތެރެއިން ތެޔޮ ނޫން ހުރިހާ ތަކެތި އެއްކޮށްލުމަށްފަހު 3 ގަޑިއިރު މެރިނޭޓްކޮށްލަން ބަހައްޓާށެވެ
  2. ތިން ގަޑިއިރު ވުމުން ކުކުޅުތައް ތެއްލެވޭވަރަށް ތެއްޔަކަށް ތެޔޮ އަޅައި ހޫނު ކޮށްލުމަށްފަހު ކުކުޅު ރޯފިލަންދެން ތެލުލާށެވެ. ތެލުލެވުމުން ކުކުޅުތައް ތަށްޓަކަށް ނަގައި އެއްފަރާތް ކުރާށެވެ.
  3. ޓިއްކާ ގްރޭވީ ހަދާލުމަށް ތެޔޮ ހޫނު ކޮށްލުމަށްފަހު ފޮނިތޮށި، ކާފޫރުތޮޅި، ދިރި އަދި ބޭލީފް އަޅާ ދެ މިނެޓެއްހާއިރު މީރު ކޮށްލުމަށްފަހު އިނގުރު ލޮނުމެދު ޕޭސްޓް އަދި ގިތެޔޮމިރުސް އަޅާ މިނެޓެއްވަރު ކައްކާލާށެވެ. އެއަށްފަހު ތެއްލި ފިޔާ، ޓޮމާޓޯ އަދި ފެން އަޅައިގެން ޓޮމާޓޯކޮޅު މަޑުވަންދެން ކައްކާލާށެވެ.
  4. ޓޮމާޓޯ މަޑުވުމުން އަސޭމިރުސް، ރީނދޫ، ތެޅިމިރުސް، ދިރި. ކޮތަނބިރި، ބިރިޔާނީ މަސާލާ، ގަރަމް މަސާލާ، ޗިކަން ސްޓޮކް، ލޮނު، އަޅާ ތިން މިނެޓު ކައްކާފައި ކާށިކިރު، ކޮތަނބިރި ފަތް އަދި ކުދީނާފަތް އަޅާ އެއްކޮށްލާށެވެ. ޓިއްކާ މަސާލާ އޮލަވުމުން އުނދުންމަތިން ބާލައި އެއްފަރާތް ކުރާށެވެ.
  5. ބަތްކޮޅު ކައްކާލުމަށް ތެއްޔަކަށް ފެން، ހަނޑޫ، ފޮނިތޮށި، ކާފޫރުތޮޅި، ދިރި އަދި ތެޔޮ އަޅައިގެން ކައްކާށެވެ. ބަތް 70 ޕަސެންޓަށް ކެކުމުން ފެންގަނޑު ލުހެލާ ފުރާނާލާށެވެ.
  6. ބިރިޔާނީ ހަދާލުމަށް ބޮޑު ތެއްޔަކަށް ބަތުގެ ދެބައިކުޅައެއްބައި އަޅާ ފަތުރާލުމަށްފަހު ބަތްމަށްޗަށް ގްރޭވީ ތަންތަންކޮޅަށް އަޅާފަ މީގެ މަތީ ތެއްލާފަ ހުރި ފިޔާ ދެބައިކުޅަ އެއްބައި ފަތުރާލާފައި ކޮތަނބިރި ފަތުގެވެސް ދެބައިކޮޅު އެއްބައި ފަތުރާލާ. ދެން ކުކުޅުގެ އެއްބައި އަތުރާލާށެވެ ހަމަ މިގޮތަށް ބާކީހުރި ތަކެތިން އިތުރު ފަށަލައެއް އަޅާށެވެ. އެއަށްފަހު ބިރިޔާނީ މަށްޗަށް ތަންތަންކޮޅަށް ރީނދޫ ކުލަކޮޅު އަޅާލާށެވެ.
  7. ތެލީގައި ހުގި ތަކެތި ރަނގަޅަށް އެއްކޮށްލުމަށްފަހު ވަރަށް މަޑު ގިނީގައި 20 މިނެޓް ކައްކާށެވެ.

މަސްދަރު: ނާދިޔާސް ކިޗަން