މިއީ އިޓާލިއަން ކުއިޒިން އަށް ލޯބިކުރާ ބޭފުޅުންނަށް ކަމުދާނެ ޑިޝް އެކެވެ. ތައްޔާރުކޮށްލަން ފަސޭހަ މި ޑިޝް ތިޔަބޭފުޅުންގެ ރޯދަ ސުފުރާ އިތުރަށް ފުރިހަމަ ކޮށްދޭނެ ކަން ޔަގީނެވެ.
ބޭނުންވާ ތަކެތި
- 2 ޖޯޑު ޕާސްތާ
- 1.5 ޖޯޑު ހެވީ ކްރީމް
- 1 ޖޯޑު ޗެއްޑާ ޗީޒް
- 1 ޖޯޑު ބޯންލަސް ޗިކަން
- ¼ ސައި ސަމުސާ ލޮނު
- 1 ސައިސަމުސާ ހިކި އޮރެގާނޯ
- 1 ސައި ސަމުސާ މުގުރި އަސޭމިރުސް
- 3 މޭޒުމަތީ ސަމުސާ ތެޔޮ
- ޕާސްލީ ފަތް
ތައްޔާރު ކުރާނެ ގޮތް
- ފެންތެއްޔަކަށް 2 މޭޒުމަތީ ސަމުސާ ތެލާއި 1 ސައި ސަމުސާ ލޮނު އެޅުމަށްފަހު ޕާސްތާ ކައްކާށެވެ. ރަނގަޅަށް މަޑުވުމުން ފުރާނާލުމަށްފަހު ފިނިފެނުން ދޮވެލާށެވެ.
- އެހެން ތެއްޔެއްގައި 2 މޭޒުމަތީ ސަމުސާ ތެޔޮ ހޫނު ކުރުމަށްފަހު ކުކުޅު ކޮޅުގެ ފެން ހިކި ރަނގަޅަށް މަޑުވަންދެން ކައްކާށެވެ.ކުކުޅު ކޮޅު މަޑުވުމުން ޕާސްލީ އާއި ޗީޒް ފިޔަވައި ދެން ހުރި ހުރިހާ އެއްޗެއް ކުކުޅު ކޮޅުގެ ތެރެއަށް އަޅާލުމަށްފަހު އެއްކުރާށެވެ.
- މަޑުކުރި ޕާސްތާ އާއި ޗީޒް އަޅައި ޗީޒްކޮޅު ވިރެންދެން އެއްކޮށްލާށެވެ.