ރޯދަމަކީ ތަފާތު މަހެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންނަށް އީދެއް ފަދައިން މި މަސް ބައްދަލު ކުރާއިރު އިސްލާމީ ގައުމުތަކުގައި އާއި އެ ނޫންވެސް އެކި ގައުމުތަކުގައި މި އީދު ފާހަގަ ކުރާ ގޮތްވެސް ތަފާތެވެ. އެގޮތުން މި ބަލާލަނީ ރޯދަމަހު މުޅިން ތަފާތު ކޮށް ފެންނަ ބައެއް ގައުމުތަކަށެވެ.
މިސްރު:
މެދު އިރުމަތީގެ އެއް ބާރު ކަމުގައިވާ މިސްރަކީ ރޯދަމަހަށް ހާއްސަ ތައްޔާރީތަކެއް ވާ އެއް ގައުމެވެ. އެގޮތުން އެ ގައުމުގެ މަގުތަކާއި ގެތައް މުޅި ރޯދަމަހު ޒީނަތްތެރި ކުރެވިގެން ދަނީ އެތައްހާސް ލެންޓަންތަކަކުންނެވެ. އެލުވާފައި ހުންނަ މި ބައްތިތަކުން ރޯދަމަހުގެ އިހްސާސް ގެނުވަ އެވެ.
ތުރުކީ
ދެބައްރު ގުޅުވައިދޭ ތުރުކީ ވެސް ރޯދަމަހު ފެންނަނީ މުޅިން ތަފާތު ކޮށެވެ. އޭޝިއާ އާއި ޔޫރަޕްގެ ސަގާފަތް އެކުވެގެން މި ގައުމުގެ މަގުތައް މަތިން ފެންނަ ކުލަތަކަކީ ބަލާލަން ހިތްގައިމު ހިތަށް ފިނިކަން ގެނެސްދޭ ކުލަތަކެކެވެ.
ދުބާއީ
ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ބެލެވޭ ދުބާއީ ގެ މާޙައުލަކީ ރޯދަމަހު ހިތްގައިމު މާހައުލެކެވެ. ކުލަގަދަ ރޯދަވީއްލުންތަކާއި އެކި މުނާސަބަތު ތަކުން ދުބާއީގެ މެހެފިލްތައް ފަޅު ފިލުވައިދޭއިރު މި މުނާސަބަތުތައް އިތުރަށް ފުރިހަމަ ކޮށްދެނީ ރަހަމީރު ކެއުންތަކުންނެވެ.
އިންޑިއާ
އިސްލާމީ ގައުމަކަށް ނުވި ކަމުގައި ވިޔަސް އެގައުމުގައި ދިރިއުޅޭ އެތައް ލައްކަ މުސްލިމުންގެ ސަބަބުން އިންޑިއާގައި ވެސް ރޯދަމަސް ފެންނަނީ މުޅިން ތަފާތުކޮށެވެ. ތަފާތު ސަގާފަތްތައް މަސްހުނިވެ ފާހަގަކުރާ މުނާސަބަތުތަކުގައި ޣައިރު މުސްލިމުން ވެސް ބައިވެރިވެ އުޅެ އެވެ.