ރޭގެ ވަގުތެއްގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ތިޖޫރީ ފަޅާލައި އޭގައި ހުރި ރުފިޔާ ވަގަށް ނަގައިފި އެވެ.
އެކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ "ވަގުތު" ނޫހަށް ވިދާޅުވެފައި ވަނީ އެ ކައުންސިލްގެ މުވައްޒަފުން އޮފީހަށް ދިޔައިރު ތިޖޫރީ އޮތީ ފަޅާލާފަ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅައި ބަލަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަހުބާން އިތުރަށް ވިދާޅުވީ، އެކައުންސިލްގެ ގޯތިތެރެއަށް ވަދެ ވައްކަން ކުރި ކަމަށް ބެލެވެނީ ރޭ މެންދަމުގެ ވަގުތެއްގައި ކަމަށެވެ.
އެމްއެމްސީގެ ތިޖޫރީގައި ހުންނާނީ އެކައުންސިލުން ޕެޓީ ކޭޝްގެ ގޮތުގައި ބޭނުން ކުރުމަށް ބަހައްޓާފައިވާ 3،612 ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމައެހެންމެ އޮފީހުގައި އިތުރު އެއްވެސް އެއްޗެއް މަދުތޯ ބެލުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ވެސް ޝަހުބާން ވިދާޅުވި އެވެ.
ކޮންމެ މާހައުލަކުން މީހުންގެ ހިތްތައް އަތުލާނީ ކިހިނެއް؟
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟
ސިނގިރޭޓު ނުބުޔަސް ފުއްޕާމޭގެ ކެންސަރު ޖެހިދާނެތަ؟
