ފޮޓޯއެއް ނަގަން ފޭނަކު، ބޮލީވުޑްގެ މަޝްހޫރު ފިލްމީ ފަންނާނު ޝިލްޕާ ޝެޓީގެ ކާރަށް އަރަން އުޅެފި އެވެ.
ދާދި ފަހުން ޝިލްޕާ އޭނާގެ އަންހެން ދަރިފުޅު ސަމީޝާއާ އެކު، ސިމްރިތީ ޚަންނާގެ އަންހެން ދަރިފުޅުގެ އުފަން ދުވަސް ފާހަގަކުރުމަށް މުމްބާއީއިން ވަނީ ފެނިފަ އެވެ.
ޕާޓީއަށްފަހު ދެމައިން ވެސް ގެއަށް ދިއުމަށް ކާރާ ދިމާލަށް ދިޔައިރު، ދެމައިންނާއެކު ފޮޓޯއެއް ނެގުމަށް ފޭނަކު އެވަގުތު ވަނީ ޝިލްޕާގެ ކާރަށް އަރަން މަސައްކަތް ކޮށްފަ އެެވެ.
ނަމަވެސް ކުއްލި ގޮތަކަށް އެމަންޒަރު ފެނުމުން ޝިލްޕާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އަދި އޭނާ ކުރަނީ ކީއްތޯ ސުވާލުކޮށްފައިވެ އެވެ.
އެވަގުތު ފޮޓޯ ނަގަން ދިޔަ ފޭން ވަނީ ފަހަތަށް ޖެހިފަ އެވެ. އަދި އެތަނުގައި ތިބި ފޮޓޯގްރާފަރުން ވެސް ވަނީ އޭނާ އެތަނުން ދުރަށް ދިއުމަށް ބުނެފަ އެވެ.
އީރާނުގެ ހަނގުރާމަ ނިމިފައިވާ ކަމަށް އެމެރިކާއިން ބުނެފި
އެމްޑީޕީން އެންމެ ކަމުނުދާ ކަމަށް ބުނި ވަޒީރުންނަށް ވެސް ވޯޓުދިން
މުރަނގަ ގަހުން ފެނުގެ މައިކްރޯޕްލާސްޓިކް ސާފުކޮށްދޭ: ދިރާސާ
