މާލޭގައި ހުރި އެންމެ ގިނަ ދުވަސްވީ އެއް އިމާރާތް ކަމަށްވާ އެސްޖެހި ގަނޑުވަރު ރައްކާތެރިކޮށް ހުޅުމާލޭއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ ހުޅުމާލޭގައި އެ ކުންފުނިން ތަރައްގީކުރާ ހެރިޓޭޖް ޑިސްޓްރިކްޓަށް އެސްޖެހި ގަނޑުވަރު ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ އިމާރާތް އެ ސަރަހައްދަށް ބަދަލުކުރަނީ އޭގެ އަސްލު ގެއްލިގެން ނުދާނެހެން ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އެސްޖެހި ގަނޑު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށި ސަރަހައްދުގައި އަލުން ބެހެއްޓުމަށް ނިންމީ ކުރީގެ ސަރުކާރުންނެވެ.
ރާއްޖޭގެ އާސާރީ އަދި ވަޑާމުގެ ފަންނުވެރިކަން އެންމެ ފުރިހަމައަށް ފެންނަން ހުރި އެއް އިމާރާތަކީ އެސްޖެހި ގަނޑުވަރު އެވެ.
އެސްޖެހި ގަނޑުވަރަކީ މާލޭގައި ހުރި އެންމެ ދުވަސްވީ އަދި ތާރީހީ ތަންތަނުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އެގޮތުން އެތަނަކީ މާލޭގައި ހުރި މުންނާރާއި ހުކުރު މިސްކިތް ބިނާކުރި ދުވަސްވަރުގައި ބިނާކުރި ތަނެއް ކަމެއް ބުނެވެ އެވެ.
އެސްޖެހި ގަނޑުވަރު މާފަތް ކިލޭގެފާނަކީ ސުލްތާން އިމާދުއްދީން 6 ގެ ރަސްކަމުގައި އުޅުއްވި މަޝްހޫރު ބޭފުޅެކެވެ.
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް
"ކަނޑުއޮޅިން ދަތުރުކުރާއިރު ފީ ނަގާނީ ދާ ހިދުމަތަށް އެކަނި"
ނުކުޅެދޭ މީހުންގެ އިނާޔަތް ޖަމާވުން ލަސްވާ މައްސަލަ މަޖިލީހަށް
