ރޯދައަކީ އަހަރުމެންގެ ދީނުގައި ފަރުޟު ކޮށްފައިވާ އަޅުކަމެކެވެ. ނަމަވެސް ސައިންސްގެ އަލީގައި އެކަމުގެ ސިއްހީ ގިނަ ފައިދާތަކެއް ވާކަން ވެސް މިވަނީ ހޯދިފަ އެވެ.
ބަރުދަން ލުއި ކުރަން އެހީވެދޭ
ދިރާސާތަކުން ދައްކާ ގޮތުގައި ރޯދައަކީ ނުވަތަ "އިންޓަމިޓެންޓް ފާސްޓިން"އަކީ ބަރުދަން ލުއި ކުރުމަށް އޮތް މޮޅު އުކުޅެކެވެ. މިގޮތުގެ މަތިން ހަށިގަނޑުގައި ހުންނަ ސަރުބީތައް އަންދައިދެ އެވެ.
ގޮހޮރު ސާފުކޮށްދޭ
ރޯދަމަހު ގެންގުޅޭ ކެއިންބުއިމުގެ ތަފާތު އާދަތަކުގެ ސަބަބުން ގޮހޮރު ސާފުވެ ގޮހޮރުގެ ސިއްހަތު ރަނގަޅު ކޮށްދޭ ކަމަށް މާހިރުން ވިދާޅުވެ އެވެ.
ހަކުރު ބަލިން ރައްކާތެރި ކޮށްދޭ
ރޯދަ ހިފުމަކީ ލޭގައި ހަކުރުގގެ މިންވަރު ކޮންޓްރޯލް ކޮށްދޭ ހޯމޯން ކަމަށްވާ އިންސިއުލިންގެ ބާރު ގަދަ ކޮށްދީ ޓައިޕް 2 ޑައިބެޓީސްއިން ދުރުކޮށްދޭ ކަމެކެވެ.
އޮކްސިޑޭޓިވް ސްޓްރެސް ދަށްކޮށްދޭ
އޮކްސިޑޭޓިވް ސްޓްރެސްއަކީ އުމުރުން ދުވަސް ވާ ވަރަކަށް ހަށިގަނޑު ބަލިތަކަށް ހުށައެޅުމުގެ ފުރުސަތު ބޮޑުވާ ބޮޑުވުމަށް ކިޔާ ނަމެކެވެ. ރޯދަ ހިފުމުން މި ފުރުސަތު ކުޑަވެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ އެވެ.
"ދުރަންދަރު 2"ގައި ބޮންގޮއްވުމުގެ އަސްލު މަންޒަރުތަކެއް ހިމެނޭ
މިފްކޯގެ އެމްޑީ ކަމަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް
ފުރާޅެއް ސާފުކުރަން އުޅުނު ދެބެއިން ކަރަންޓްގައި ޖެހި ފަރުވާދެނީ