މަޝްހޫރު ފަންނާނު އަބީޝޭކް ބައްޗަންއަށް އޭނާގެ ރީތި އަންހެނުން، އައިޝްވަރްޔާ ރާއީ ދިން ނަސޭހަތް ހާމަކޮށްފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަބީޝޭކް ބުނީ، އޭނާ އަށް ސޯޝަލް މީޑިއާގައާ އެކި ޕްލެޓްފޯމްތަކުގައި ހަނގާ ކުރާކަމަށެވެ. އަދި އޭނާގެ ބައްޕަ އަމީތާބާއި ހިލާފަށް، ފިލްމީ ދައުރުގައި އޭނާ އަށް ލިބުނު ނާކާމިޔާބީއަށް ގިނަ ބަޔަކު ފާޑުކިޔުންތައް އަމާޒުކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.
އަބީޝޭކް ބުނިގޮތުގައި އެކަމުން އަރައިގަންނަން އަބީޝޭކްގެ އަންހެނުން އައިޝްވަރްޔާ ވަރަށް ބޮޑަށް އެހީތެރިވެދެ އެވެ.
އެގޮތުން، ދިހަ ހާހަށް ވުރެ ގިނަ ރަނގަޅު ކަންކަން ހުއްޓަސް، މީހުން އެންމެ ބޮޑަށް ބަލާނީ އަބަދުވެސް އެންމެންގެ ގޯސް ކަންތަކަށް ކަމަށް އައިޝްވަރްޔާ އަބީޝޭކަށް ނަސޭހަތްތެރިވިކަމަށް އޭނާ ބުނެފައިވެ އެވެ.
އަބީޝޭކް ބުނިގޮތުގައި އަންހެނުންގެ އެ ނަސޭހަތް ވެގެންދިޔައީ އޭނާ އަށް ހަޔާތުގައި ކަންކަމުގައި ތަފާތު ނަޒަރިއްޔާތަކަށް ލޯ ހުޅުވައިދިން ނަސޭހަތަކަށެވެ. އަދި އެކަމަށް އޭނާގެ އަންހެނުންނަށް ޝުކުރު އަދާކުރާކަމަށް އަބީޝޭކް ބުނެފައިވެ އެވެ.

އީރާނުގެ ސަލާމަތާ ބެހޭ ވެރިޔާ އަވަހާރަކޮށްލައިފި
ރޯދަ މަސް ތުރުކީގައި: މުޅިން ތަފާތު އިހުސާސެއް!
އެސްއެމްއީ ޑިޓިޓަލްއިން 4،000އަށް ވުރެ ގިނަ ވިޔަފާރިއަށް އެހީ
