އައްޑޫގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ދޫކޮށްލައިފި އެވެ.
ފުލުހުން ވަނީ މިދިޔަ ހޯމަ ދުވަހު އައްޑޫގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ނުވަ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން ހަ މީހުންގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހަތް ދުވަސް ޖަހާދީފަ އެވެ. އަދި ބާކީ ތިބި ތިން މީހުން އިއްޔެ ވަނީ ދޫކޮށްލާފަ އެވެ.
ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކޮށްފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދައުލަތުގެ ބައެއް ވަޒީރުން އައްޑުއަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
މިދިޔަ މޭ 6 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މާލޭގައި ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ފުލުހުން ހިންގި ބޮޑު އޮޕަރޭޝަންގައި ވެސް އައްޑޫން ނުވަ މީހަކު ހައްޔަރުކުރި އެވެ.
"އެރިރަންގް"އާއެކު ވެސް ބީޓީއެސް ގްރެމީގައި ބައިވެރިއެއް ނުވި!
ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!