އައްޑުއަށް ސަރުކާރުން ވެފައިވާ ތަރައްގީގެ މަޝްރޫއުތައް ބޭނުންވާ ސްޕީޑްގައި ކުރިއަށް ނުދިޔަކަމުގައި ވިޔަސް އައްޑޫގެ ތަރައްގީ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ސ. ހިތަދޫގައި ރޭ ބޭއްވި މާހެފުމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިންގެ ފަހު ޖަލްސާ އޮތީ އައްޑޫގައި ކަމަށާ އެ ޖަލްސާއަށް އައްޑޫއަށް ވަޑައިގަތުމުން އެ އަތޮޅުގެ ރައްޔިތުން ވައުދު ނަމާގެ ސިޓީއެއް އެރުވި ކަމަށެވެ. އެއީ އައްޑޫ ތަރައްގީވާން އެ އަތޮޅުގެ ރައްޔިތުން އެދޭ ގޮތް ހިމެނިފައިވާ ސިޓީއެއް ކަމަށާއި އަދި އައްޑޫގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ތަރުތީބު ކޮށް ލިޔެފައިވާ ސިޓީއެއް ކަމަށެވެ.
"އަޅުގަނޑު އެރޭވެސް ދެންނެވިން އަޅުގަނޑުމެންނަށް ވެރިކަމަށް އާދެވިއްޖެއްޔާ ރާއްޖެ ތަރައްގީ ކުރަމުންދާއިރުގައި މި ސިޓީ އަޅުގަނޑުމެން ތަރައްގީ ކުރަމުން ގެންދާނީ ތިބޭފުޅުން އަޅުގަނޑުމެންނަށް ތި ދެއްވި ވައުދު ނާާމާޔާ އެއްގޮތަށޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަަސައްކަތް ކުރަމުން މި ގެންދަނީ ތިބޭފުޅުން އެކުލަވާލި ވައުދުނާމާ ތަންފީޒު ކުރުމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރައްޔިތުން އެދިވަޑައިގަންނަވާ ހުރިހާ މަސައްކަތްތަކެއް ބޭނުންވާ ސްޕީޑްގައި ކުރިއަށް ނުދިޔަނަމަވެސް އައްޑޫގެ ތަރައްގީއަށް އިސްކަން ދެއްވާ ކަމަށެވެ. އެ ގޮތުން މިދިޔަ ތިން އަހަރުތެރޭ 1.1 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު އަބަދުވެސް ވިދާޅުވަނީ އައްޑޫ ތަރަގީނުކޮށް ރާއްޖެ ތަރައްގީ ނުވާނެ ކަމަށެވެ.
އަބަދުވެސް އައްޑޫގަ ނެގޭ ފޮޓޯތައް ވަރަށް ރީތިވާނެ