ވަރަށް ގިނަ ބަޔަކު ކުރާ ޝަކުވާއެއް އޮވެ އެވެ. އެއީ އުމުރުން ދުވަސްވާ ވަރަކަށް މީހާގެ ގައިގައި މަސްޖަހާ ފަލަވާ ވާހަކަ އެވެ. ނަމަވެސް މިއީ ކިހިނެތްވާ ކަމެއް ކަމެއް ގިނަ ބަޔަކަށް އޮތީ ނޭނގި އެވެ.
މިފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، އުމުރުން ދުވަސްވާ ވަރަކަށް އެއްވަރެއްގައި ކެއުން ބެހެއްޓި ކަމުގައި ވީނަމަވެސް މީހާ ފަލަވަނީ ހަށިގަނޑުގައި ހިމެނޭ ފެޓް ސެލް ތަކުގެ ބާރު ދައްވާތީއެވެ.
ފެޓް ސެލްއަކީ ހަށިގަނޑަށް އެތެރެވާ ފެޓްގެ ބައިތައް ހަށިގަނޑުގެ ތެރެއިން ބޭރު ކުރުމަށް އެހީތެރިވާ މާއްދާ އެކެވެ. ނަމަވެސް އުމުރުން ދުވަސްވާ ވަރަކަށް މިމާއްދާތަކުގެ ބާރު ކެނޑެ އެވެ. ނަތީޖާއަކަށް ވަނީ ހަށިގަނޑުގައި ފެޓްގެ މާއްދާތައް އިތުރު ވުމެވެ.
ހަމައެއާއެކު އުމުރުން ދުވަސްވާރަކަށް ހަށިގަނޑުގެ މެޓަބޮލިޒަމް ދަށްވުމަކީ ވެސް އެ ދުވަސްވަރު ބަރުދަން އިތުރު ވުމަށް މެދުވެރިވާ އެއް ސަބަބެވެ.
އެހެން ކަމުން އުމުރުން ދުވަސްވާ ވަރަކަށް އިތުރުވާ ބަރުދަން ކުޑަ ކުރުމަށްޓަކައި ރަނގަޅު ކާނާ ކެއުމާއެކު އެކަށީގެންވާ ވަރަށް ކަސްރަތު ކުރުމަކީ މުހިއްމު ކަމެކެވެ.