ދުނިޔޭގައި މިހާތަނަށް ހުޅުވި އެންމެ ފުރަތަމަ ކަނޑުއަޑީގެ ދިރުންތަކުގެ ދާރުލް އާސާރު ސައޫދީ އަރަބިއާގައި ހުޅުވައިފި އެވެ.
ސައޫދީ އަރަބިއާގެ ރައްޔިތަކު އިސްވެ ހެދި މި ދާރުލް އާސާރުގައި އެކި ދުވަސްވަރު މަތިން އޭނާ ހޯދާފައިވާ މަހާއި ވެލާ އަދި އެ ނޫންވެސް ކަނޑުއަޑީގެ ދިރުންތަކުގެ ކަށިތައް ދައްކާލަން ބަހައްޓާފައިވެ އެވެ.
މި ދިރުންތަކުގެ 90 ޕަސެންޓަކީ ރަތްކަނޑުން ހޮވާފައިވާ އެއްޗެހި ކަމަށް ދާރުލް އާސާރުގެ ވެރިޔާ ައިލައި އަލް ޒައިލައި ބުނެ އެވެ.
ޒައިލައި އުފެއްދި މި ދާރުލް އާސާރު ހުންނަނީ ސައޫދީ އަރަބިއާގެ ޖަޒާންގެ 40 ކިލޯމީޓަރު ދުރުގައި އޮންނަ ފަރަސަން ކިޔާ ރަށުގަ އެވެ.
ޒައިލައި ބުނި ގޮތުގައި ކަނޑުއަޑީގެ ދިރުންތަކަށް އޭނާގެ ޝައުގުވެރިކަން އަބަދުވެސް ހުރެ އެވެ. އެގޮތުން މަސްވެރިކަމުގެ ދަތުރުތަކުގައި ގޮސް ކަނޑުއަޑީގެ ދިރުންތައް ހޮވައި ރައްކާކުރީ އެވެ.
ޒައިލައި ވަނީ އޭނާގެ ދާރުލްއާސާރު ޒީނަތްތެރި ކުރުމަށްޓަކައި ބޮއްޔާއި އިތާމުތް ފަދަ ކަނޑުއަޑީގެ ޒީނަތްތައް ބޭނުން ކޮށްފަ އެވެ.
ޒައިލައި ބުނީ އޭނާގެ ދާރުލްއާސާރު ބަލަން ސައޫދީއިންނާއި ގައުމުގެ ބޭރުން ވެސް މީހުން އަންނަ ކަމަށާއި އެތަނަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.