އެމެރިކާއިން ރާއްޖެއަށް ދޭ ބައިލެޓްރަލް އެހީ އިތުރުކުރުމާބެހޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ޔޫއެސް މިޝަން ޓު މޯލްޑިވްސް އިން ބުނިގޮތުގައި އެމެރިކާ ސަރުކާރުގެ އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އާއި ފޮރިން މިނިސްޓްރީއާ ދެ ގައުމުގެ މެދުގައި ސޮއިކޮށްފައިވާ ބައިލެޓްރަލް އެގްރީމަންޓަށް އިސްލާހެއް ގެނެސް، އިތުރު 2.3 މިލިއަން ޑޮލަރު (35.4 މިލިއަން ރުފިޔާ) މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީވުމަށް ވަނީ ކަނޑައަޅާފައި އެވެ.
"މި އެއްބަސްވުމުގެ ތެރެއިން، ތިމާވެއްޓާ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެމެރިކާއާއި ދިވެހިރާއްޖެއިން ސަމާލުކަންދޭ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއްގެނުވާނެ" ޔޫއެސްއޭއައިޑީ މޯލްޑިވްސްގެ މިޝަން ޑައިރެކްޓަރު ރީޑް އެއިޝްލިމަން ވިދާޅުވި އެވެ.
"މި އެއްބަސްވުމަކީ އެމެރިކާއާއި ދިވެހި ސަރުކާރާ ރައްޔިތުންނާއެކު އިތުރުވަމުންދާ އެއްބާރުލުން ފެނިގެންދާނެ ހަރުދަނާ ރަމްޒެއް."
ޔޫއެސް މިޝަން ޓު މޯލްޑިވްސް އިން ބުނީ އެމެރިކާއާއި ރާއްޖެއާ ދެމެދު ވެފައިވާ މިބައިލެޓްރަލް އެގްރީމަންޓްގައި އެންމެ ފުރަތަމަ ސޮއިކޮށްފައިވަނީ 12 މާޗް 2019 ގައި ކަމަށެވެ. އޭގެ ފަހުން އެމެރިކާއިން ވަނީ ރާއްޖެއަށް 25 މިލިއަން ޑޮލަރަށް ވުރެ ގިނަ ބައިލެޓްރަލް އެހީ ފޯރުކޮށްދިނުމަށް ކަނޑައަޅާފައި ކަމަށް ވެސް އެ މިޝަނުން ބުންޏެވެ.
ޔޫއެސް މިޝަން ޓު މޯލްޑިވްސް އިން ބުނީ މި އެހީގެ ތެރޭގައި ޕަބްލިކް ފައިނޭންސް މެނޭޖްމަންޓްށާއި، ގާނޫނުގެ ބާރުވެރިކަން ހަރުދަނާ ކުރުމަށާއި، ލާމަރުކަޒީ ނިޒާމަށް އެހީވުމަށާއި ތިމާވެށި ރައްކާތެރިކުރުން ވެސް ހިމެނޭ ކަމަށެވެ. އަދި މިއަދުގެ ސޮއިކޮށްފައިވާ އެމެންޑްމެންޓާއެކު މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް އެހީތެރިވުން ހިމެނިގެންދާނެ ކަމަށް ވެސް އެ މިޝަނުން ބުންޏެވެ.
ޔޫއެސްއޭއައިޑީ އިން އަންނަނީ ތިމާވެށީގެ ވިލުންވެރިކަން އިތުރުކުރުމަށާއި، އިގުތިސާދީ އަދި ޑިމޮކްރެޓިކް އިސްލާހި ބަދަލުތައް ރާވާ ހިންގުމަށާއި، ބާރުވެރި އަދި ހިންގުންތެރި މަދަނީ ޖަމިއްޔާ ޖަމާއަތަކެއް ބިނާކުރުމަށް ދިވެހިސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ޔޫއެސްއޭއައިޑީގެ މަސައްކަތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް https://www.usaid.gov/maldives ވަނުމުން ލިބޭނެ އެވެ.
ބަދަލެއްގެ ގޮތުން ޖެހެނީ ރަޝިޔާގެ މަހުޖަހުން ގެ ޔޮޠުތައް ފައްތާލަން؟؟