ޅަފަތުގައި ރަނގަޅު ކާނާ ލިބުމަކީ ހެދިބޮޑުވަމުން އަންނައިރު ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ގިނަ ފައިދާތަކެއް ކުރާ ކަމެކެވެ. އެގޮތުން ދަރިންގެ ވިސްނުން ތޫނުކޮށް ކިޔެވުމުގައި ކުރިއެރުން ހޯދަން ބޭނުންނަމަ ތިރީގައި މިވާ ބާވަތްތައް އެކުދިންގެ ނާސްތާގައި ހިމަނާށެވެ.

ބިސް

ބިހަކީ ވަރަށް ފައިދާހުރި އެއްޗެކެވެ. ބިހުގެ އެކުލެވޭ ޕްރޮޓީން އާއި އެހެނިހެން މައުދަން ތަކުގެ ސަބަބުން ކުދިންގެ ކަންކަމަށް ކުދިން ދޭ ސަމާލުކަން ރަނގަޅުވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ގްރީކް ޔޯގަޓް

ސިކުނޑީގެ ސެލްތަކަށް ގްރީކް ޔޯގަޓް ވަރުގެ ރަނގަޅު ބާވަތެއް ނެތް ކަމަށް މާހިރުން ވިދާޅުވެ އެވެ. އަދި ފުލް ފެޓް ގްރީކް ޔޯގަޓް ޕްރޮޓީންއިން ފުރިފައިވުމުގެ އިތުރުން އޭގައި ހިމެނޭ ފެޓްގެ ސަބަބުން ސިކުނޑި ރަނގަޅު ކޮށްދެ އެވެ. ގްރީކް ޔޯގަޓް ކުދިންނަށް ދިނުމުގައި ސީރިއަލް އަޅައި އެއްކޮށްލާފައި ވެސް ދެވިދާނެ އެވެ.

ބަދަން

މިއީ ޕްރޮޓީންސް، އެސެންޝަލް ފެޓީ އެސިޑްގެ އިތުރުން ވިޓަމިން އާއި މިނަރަލް އިން ފުރިގެންވާ އެއްޗެކެވެ. މިއީ ކުދިންގެ މޫޑު ވެސް ރަނގަޅުކޮށްދީ ނާރުެގެ ނިޒާމް ރަނގަޅުކޮށްދޭ އެއްޗެކެވެ. މިގޮތުން ދެވިދާނެ ތަކެތީގެ ތެރޭގައި ޕީނަޓް ބަޓަރު ހިމެނެ އެވެ. އަދި ނަޓްސް އަށް އެލާރޖިކް ނަމަ ސަންފްލަވަރ ސީޑް ދެވިދާނެއެވެ. މިއީ ފޮލޭޓް، ވިޓަމިން އީ އަދި ސެލީނިއަމް ފުރިފައިވާ އެއްޗެކެވެ.

އޯޓްމީލް

ޕްރޮޓީން އަދި ފައިބާ އިން ފުރިފައިވާ އޯޓްމީލް ސިކުނޑި އާއި ހިތުގެ ނާރުތައް (އާޓަރީ) ސާފުކޮށްދެ އެވެ. ދިރާސާ އަކުން ދެއްކި ގޮތުގައި ހަކުރު އަޅާފައި ހުންނަ ސީރިއަލްގެ ބަދަލުގައި ފޮނިކޮށްފައި ހުންނަ އޯޓްމީލް ކާ ކުދިން ސްކޫލްގެ މަސައްކަތް ތަކުގައި ހަނދާން ގަދަކަމަށް ވަނީ ދައްކާފަ އެވެ. އޯޓްމީލް ކައްކާފައި ދިނުމުގެ އިތުރުން ޔޯގަޓާއި އެކު ސްމޫތީގެ ގޮތުގެވެސް ކުދިންނަށް ދެވިދާނެ އެވެ.