"މި އޮޑިޔެއް ނުފެތޭނެ. މިއީ ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއް" މިއީ އެމްޑީޕީގެ ބާނީ ކަމަށް އެ ޕާޓިގެ ގިނަ ބަޔަކު ގަބޫލުކުރާ ޕާޓީގެ ރައީސް މުހަންމަދު ނަޝީދު އެމްޑީޕީ ސިފަ ކުރައްވާ ގޮތެވެ. އެ މަނިކުފާނުގެ އަޑުފުޅުގެ ދަށުން އެމްޑީޕީއެއް ނުހުއްޓުވޭނެ ކަމަށާއި ކޮންމެ ވެއްޓުމަކަށް ފަހު ވެސް ތެދުވެ ހިންދެމިލާނެ ކަމަށް ޕާޓީގެ މެންބަރުން އަޑު ވެސް ގުގުމައިގެންދެ އެވެ.
ފާއިތުވެދިޔަ ތަނުގައި އެމްޑިޕީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެފައި ވާގޮތަށް ބަލާއިރު ނުފެތޭ އޮޑީގެ ވާހަކަ ގަބޫލުކުރެވޭ ވާހަކަ އަކަށްވެ އެވެ. ދިމާވާ މައްސަލަތަކުން އަރައިގަނެ ޕާޓީގެ މަގުސަދު ހާސިލްކުރުމަށްޓަކައި މިކުރާ މަސައްކަތް ކާމިޔާބުކުރުމަކީ އެމްޑީޕީން ދައްކަމުންދާ މިސާލެކެވެ.
ނަމަވެސް ޕާޓީ އުފެދުނީއްސުރެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަން ދޫކޮށްލެއްވުމަށް ބޭނުންފުޅުވެ ވަޑައިނުގެންނެވި ކުރީގެ ރައީސް ނަޝީދާ، "ދިމާވި އިއްތިފާގަކުން" ވެރިކަމަށް ވަޑައިގެންނެވުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެބޭފުޅުން ކުރެ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނުކުމެ ވަޑައިގަނަނަވާނެ ބޭފުޅަކު ކަނޑައެޅުމުގެ އުނދަގޫ މައްސަލައިގައި، އެމްޑީޕީގެ ހުރިހާ ކަނޑަކަށް ހެޔޮވަރު ކަމަށް ބުނާ އޮޑީގެ ދިރުނބާ ކޮޅަށް މިވަނީ ދުވަހަކު ވެސް ނުނަގާ ވަރުގެ ބިޔަ ރާޅެއް ހޮޅިކޮށްލާފަ އެވެ.
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ހިސާބުން ފެށިގެން ވެރިކަމުގެ މެދުތެރެއިން އެމަނިކުފާނު މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ކުރީގެ ރައީސް މުހަންމަދު ނަޝީދު ވެރިކަމަށް ގެނައުމުގެ ވާހަކަ އެމްޑީޕީގެ ތެރޭގައި ގަދަވި އެވެ. އެކަމަކު އެ ވާހަކައަށް ފާޅުގައި ބަސްފުޅެއް ވިދާޅު ނުވެ، ރައީސް ސޯލިހު ވަނީ އެ މައްސަލަ ހިންދަވައި ލައްވައިފަ އެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ބާރާއި ނުފޫޒު ބޭނުން ކުރައްވައި އެމްޑީޕީގެ އިސްސަފުގައި ތިބި ގިނަ ބަޔަކު އެމަނިކުފާނަށް ތާއީދުކުރާ ބަޔަކަށް ހެއްދެވި އެވެ. މީގެ ތެރޭގައި މަޖިލިސް މެންބަރުންގެ މެޖޯރިޓީ ވެސް ހިމެނެ އެވެ.
ދައުރުގެ މެދުތެރޭން ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅު ކާމިޔާބު ވެވަޑައިނުގެންނެވުމުން ދެން އެމަނިކުފާނު ދައްކަވަން ފެއްޓެވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރެއްވުމުގެ ވާހަކަފުޅެވެ. ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކޮށް ވެރިކަން ހިންގުމުގެ ބާރުތައް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދާ ހަވާލުކުރައްވާފައި ރައީސަކަށް ހުންނަވާކަށް ވެސް ރައީސް ސާލިހު ބޭނުންފުޅު ވެވަޑައިގެންނެވި ކަމަކަށް ނުވި އެވެ. އެހެންކަމުން އެކަމަށްޓަކައި ރައީސް ނަޝީދު ކުރެއްވި މަސައްކަތްޕުޅު ވެސް ވަނީ ކޮޅެއްގައި ނުޖެހި ނިމިފަ އެވެ. ނަމަވެސް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު ހުއްޓަވައެއް ނުލައްވަ އެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ސިލްސިލާގެ އެންމެ ފަހުން ނިއުޅިގެން ދިޔަ ސަފުހާއަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެވެ.
އެ އިންތިޚާބު ބޭއްވުމަށް ފަހު ދެން އޮންނަ ރިޔާސީ އިންތިޚާބަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމުގެ އެޖެންޑާ އާއެކު ބާއްވާ އެތެރޭގެ އިންތިޚާބު ވެފައި މިވަނީ މިހާތަނަށް ދުވަހަކު ވެސް އެމްޑީޕީއަށް ކުރިމަތިވެފައި ނުވާ ފަދަ ބޮޑު ގޮން ޖެހުމަކަށެވެ.
އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ފާހަގަވެފައި ވަނީ ދެ ޓީމެއްގެ ގޮތުގަ އެވެ. އެއީ ރައީސް ސޯލިހުގެ ޓީމާއި ރައީސް ނަޝީދުގެ ޓީމެވެ. އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހޫނު ހަމަލާތައްދީ ވަރުގަދަ ޒުވާބުގަނޑެއްގެ ތެރޭގައި ކުރިޔަށް ދިޔަ އިންތިޚާބުގައި ކާމިޔާބު ހޯއްދެވިކަމަށް މިހާތަނަށް ބެލެވިފައި ވަނީ ރައީސް ސޯލިހުގެ ޓީމެވެ. އެހެންކަމުން އުފެދުނު މާޔޫސްކަމާއެކު ރައީސް ނަޝީދުގެ ޓީމުން ވަނީ ކެމްޕޭނުގެ މައްސަލަތައް ރައްޔިތުންގެ މަޖިލީހަށް ވެސް ވައްދަފަ އެވެ.
އެ މަޖިލީހަކީ ޕާޓިތަކުގެ ހިންގުމާ ބެހޭ މައްސަލަތައް ބެލުމުގެ ބާރެއް ނުވަތަ ޒިންމާ އެއްވެސް ނެތް އިދާރާ އެއްކަމުގައި ވިޔަސް މަޖލީހުގެ ރައީސާއި ނައިބު ރައީސްގެ އަމިއްލަ މަސްލަހަތު އިސް ކުރައްވައި މިމައްސަލައާ މެދު ވަނީ މަޖިލީހުގައި ބަހުސް ވެސް ކުރުވައިފަ އެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ޓީމުން މިހާ ވަރަށް މި އިންތިޚާބުގެ މައްސަލައިގައި އަރައިރުންވުމުގެ އެންމެ ބޮޑު ސަބަބަކީ މި އިންތިޚާބުން މޮޅުވާ ކޮޅަކަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ކެންޑިޑޭޓްކަން ލިބޭނޭ ކަމަށް ފެންނާތީ އެވެ.
އެކަމަކީ ރައީސް ނަޝީދު ވެސް ރައީސް ސޯލިހު ވެސް ދޫކޮށްލައްވަން ބޭނުންފުޅު ކަމެއް ނޫނެވެ. އެހެންކަމުން މި އިންތިޚާބުގެ ހިފުން ގަދައީ އެވެ. އެ ގަދަހިފުމުގައި ކުރިޔަށް އޮތީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތި ލައްވާފައިވާ ފައްޔާޒު އިސްމާއީލާއި އިމްތިޔާޒު ފަހުމީގެ ވޯޓެވެ.
މިވޯޓުން ފައްޔާޒު މޮޅުވެއްޖެނަމަ ރައީސް ސޯލިހުގެ ކެންޑިޑޭސީ ގާތްގަނޑަކަށް ޔަގީންވީ އެވެ. އިމްތިޔާޒު މޮޅުވެއްޖެ ނަމަ ރައީސް ނަޝީދު ބޭނުންވެވަޑައިގަންނަވާ ގޮތަށް ކަންތައް ފަހިވެގެން ދިއުން ގާތެވެ. އެހެންކަމުން ދެފަރާތުގެ ހިފުމުގައި އެމްޑީޕީގެ އޮޑި ދުއްވަން ޖެހިފައި މިވަގުތު ވަނީ ގަދަ ކަނޑެއްގަ އެވެ. އެ އޮޑިޔަށް ހޮޅިކޮށްފައިވާ ރާޅުގެ ބާރު ވެސް ގަދަ އެވެ. ބޯމަތި ކޮށްފައި އޮތް ވިލާގަނޑުން އަންނަ ވަޔާއި ވިއްސާރައަށް ހިފަހައްޓައިލެވޭނެތޯ އުފެދޭ ސުވާލުގެ ޖަވާބު ލިބޭނީ ރޯދަމަހުގެ ފަހުން ބާއްވާ އިންތިޚާބު ނިމުމުންނެވެ.
މިނޫސްވެރިން ހީކުރަނީ ތިމަންނަމެން ދެކޭޮގޮތް އެއީހެން ހަގީގަތަކީ، ބަލަ ރައްޔަތުންނާ ހަމަޔަށް އަދި ނައާދެއޭ ވޯޓެއް
އެމްޑީޕީ އައުޓް ދީފްރަމް ޕާރޓީ އިން އިންޑިއާ އައުޓް އެމްޑީޕީ އައުޓް ދީފްރަމް ޕާރޓީ އިން އިންޑިއާ އައުޓް އެމްޑީޕީ އައުޓް ދީފްރަމް ޕާރޓީ އިން އިންޑިއާ އައުޓް އެމްޑީޕީ އައުޓް ދީފްރަމް ޕާރޓީ އިން އިންޑިއާ އައުޓް އެމްޑީޕީ އައުޓް ދީފްރަމް ޕާރޓީ އިން އިންޑިއާ އައުޓް އެމްޑީޕީ އައުޓް ދީފްރަމް ޕާރޓީ އިން އިންޑިއާ އައުޓް އެމްޑީޕީ އައުޓް ދީފްރަމް ޕާރޓީ އިން އިންޑިއާ އައުޓް އެމްޑީޕީ އައުޓް ދީފްރަމް ޕާރޓީ އިން އިންޑިއާ އައުޓް އެމްޑީޕީ އައުޓް ދީފްރަމް ޕާރޓީ އިން އިންޑިއާ އައުޓް އެމްޑީޕީ އައުޓް ދީފްރަމް ޕާރޓީ
ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ރައީސް އިބޫ އަތުގައި އެމްޑީޕީ އޮތްނަމަ މިއަދު މާލޭގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް 10 ހާސް އަކަފޫޓްގެ ގޯއްޗެއް ހިލޭދޭނެ ކަމުގެ ޔަގީން ކަން މަމެން ދެމޭ އިންޑިއާ ސިފައިން ވެސް މިގައުމުގައި ތިބީ އެއީ ކެނެރީގެ ނަޝީދު ސިފައިން ނަށް ބިރު ދައްކަން ވެގެންނޭ ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް އިންތި އައުޓް ފައްޔާ ޒިންދާބާދު ފައްޔާ ޒިންދާބާދު ފައްޔާ ޒިންދާބާދު ފައްޔާ ޒިންދާބާދު ފައްޔާ ޒިންދާބާދު ފައްޔާ ޒިންދާބާދު ފައްޔާ ޒިންދާބާދު ފައްޔާ ޒިންދާބާދު