އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމްގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފަށައިފި އެވެ.
އެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ އެކަން މީޑިއާއަށް ކަށަވަރުކޮށްދެއްވާފަ އެވެ.
ރޮޒައިނާ ވިދާޅުވީ އެ މައްސަލަ ބަލަނީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްގެން ކަމަށެވެ. އެހެންވެ އިތުރު ތަފްސީލު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަކްރަމްގެ މައްޗަށް ބައެއް މީޑިއާތަކުގައި ތުހުމަތުކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތެވެ. ނަމަވެސް އަކްރަމް ވަނީ އެ ތުހުމަތު ދޮގު ކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ އެ ޒާތުގެ އެއްވެސް ކަމެއް އޭނާ ކޮށްފައިނުވާނެ ކަމަށެވެ.
އެނގިފައިވާގޮތުގައި އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލާ ކޮމިޓީއަށް ވެސް އަދި ފުލުހުންނަށް ވެސް ހުށަހަޅާފައެއް ނުވެ އެވެ.

ރަމަޟާން މަހަކީ ތަފާތު އިހުސާސެއް ކުރެވޭ މަހެއް: ސުމްބުލް
ސުވާލާއި ޖަވާބު: ފިތުރު ޒަކާތް ނެރެންޖެހޭ އެންމެ ފަހު ވަގުތަކީ؟
އެންމެ އާބާދީ ބޮޑު ޗައިނާގައި ރަމަޟާން މަހުގެ ތަޖުރިބާ!
