ކީވް (02 މާޗް) - މިހާރު ކުރިއަށްދާ ޔޫކްރެއިން-ރަޝިއާ ހަނގުރާމަ ކަވަރު ކުރުމުގައި ހުޅަނގުގެ މީޑިއާތަކުން ތަފާތު ކުރުންތައް ގެންގުޅޭތީ ގިނަ ބައެއްގެ ފާޑުކިޔުން އެ މީޑިއާތަކަށް އަމާޒުވެއްޖެ އެވެ.
އަރަބް އެންޑް މިޑްލް އީސްޓަން ޖާނަލިސްޓް އެސޯސިއޭޝަން (އެމޭޖާ)އިން ޓުވިޓާގައި އާއްމުކުރި ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހަނގުރާމަ ރިޕޯޓު ކުރުމުގައި ވަކި ނަސްލަކަށް އަމާޒުކޮށް ބަދުބަސް ބުނުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.
އަމޭޖާއިން މިކަން ފާހަގަކޮށްފައި މިވަނީ ޔޫކްރެއިން ހަނގުރާމަ ކަވަރު ކުރުމުގައި މަސައްކަތްކުރި ސީބީއެސްގެ ނޫސްވެރިޔަކު ހަނގުރާމައިގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އަމާޒުކޮށް އެއީ ހަނގުރާމަ އާއްމުވެފައިވާ އަރަބި އަދި މެދުއިރުމަތީގެ ބައެއް ނޫން ކަމަށް ބުނެފައި ވަނިކޮށެވެ.
މީގެ އިތުރުން ވެސް ގިނަ މީޑިއާތަކަކުން ވަނީ ޔޫކްރެއިންގައި މިހާރު ހިނގަމުންދާ ހަނގުރާމަ އަފްޣާނިސްތާނާއި ސީރިއާގެ ހާލަތާ އަޅާކިޔާ ޔޫރަޕްގައި ހަނގުރާމައެއް ކުރިއަށް ދިއުމަކީ ސީރިއާ އަދި މެދުއިރުމަތީގެ ދަށު ދަރަޖައަށް ވެއްޓުންކަން މޭރުންވާ ގޮތަކަށް ވާހަކަ ދައްކާފަ އެވެ.
އަމޭޖާއިން ނެރުނު ބަޔާނުގައި މީޑިއާތަކުގެ މިފަދަ ރިޕޯޓުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޚަބަރު ކަވަރު ކުރުމުގައި ނަސްލީ ތަފާތު ކުރުންތައް ނުގެންގުޅުމަށް އިލްތިމާސް ކޮށްފައިވެ އެވެ.
މި މައްސަލަ ފެންމަތި ވުމާއެކު ސީބީއެސްގެ އެ ނޫސްވެރިޔާ ވަނީ އަރަބިންނާއި މެދުއިތުރުމަތީގެ ރައްޔިތުންގެ އިތުރުން ބެލުންތެރިންގެ ކިބައިން ވެސް މައާފަށް އެދިފަ އެވެ.
ބަލަ ސީރިއާ އާއި އަފްޢާނިސްތާން ގައި އުޅެނީ އިންސާނުން ނެއް ނޫންތަ؟ އެތަނަށް މާޅާ ޒާތުގެ ބޮމެއް ނެއްވިއްޔާ؟ ޑިކްޓޭޓަރު އެމެރިކާ......