މޮސްކޯ (01 މާޗް) - ކުރީގެ ސޮވިއެޓް ޔޫނިއަންގެ އެއްވެސް މެމްބަރު ގައުމެއްގައި އެމެރިކާއާއި ހުޅަނގުން ނިއުކްލިއާ ވަސީލަތްތައް ގާއިމުކުރަން ފުރުސަތު ދީގެން ނުވާނެ ކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް ވިދާޅުވެއްޖެ އެވެ.
ސާޖޭއާ ހަވާލާދީ ރަޝިއާގެ މީޑިއާތަކުން ބުނީ ޔޫރަޕްގެ ބައެއް ގައުމުތަކުން އެމެރިކާގެ ނިއުކްލިއާ ވަސީލަތްތައް ވަރުގަދަ ކުރަން ޖާގަ ދިނުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭނާ މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ ޔޫކްރެއިން ހަނގުރާމައިގައި ނިއުކްލިއާ ހަތިޔާރު ހޯދުމަށް ޔޫކްރެއިންއިން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ސާޖޭ ވަނީ މިއީ ނުރައްކާތެރި ކަމެއް ކަމަށް ބުނެ އެކަން ހުއްޓުވަން ޖެހޭ ކަމަށް ވެސް ބުނެފަ އެވެ.
"ޔޫކްރެއިންގައި އަދިވެސް ސޮވިއެޓް ޔޫނިއަންގެ ނިއުކްލިއާ ބާރު ހުންނާނެ، އެކަން އިތުރަށް ވަރުގަދަ ކުރުމަކީ ނުރައްކަލެއް،" ލަވްރޯވް ވިދާޅުވި އެވެ.
އެނާ މިހެން ވިދާޅުވި އިރު ރަޝިއާއިން ވެސް ވަނީ އެގައުމުގެ ނިއުކްލިއާ ބާރުތައް ހައި އެލާޓަށް ގެނެސްފަ އެވެ.-- އަލް އަރަބިއްޔާ
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް
މިސައިލް ޕްރޮގްރާމާ ގުޅޭ އެއްވެސް މަޝްވަރާއެއް ނުކުރާނެ: އީރާން